ޚަބަރު

މަޖިލީހުގެ ގިނަ މެމްބަރުންތަކެއް އެމްޑީޕީ ޓިކެޓް ކަށަވަރުކޮށްފި

އަލީ ސަމާޙް ، ދެން އޮންލައިން
އެމްޑީޕީން ބޭއްވި ޖަލްސާއެއްގެ ތެރެއިން | ފޮޓޯ: އެމްޑީޕީ

މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ އެމްޑީޕީ ޕްރައިމަރީގައި މިހާރު މަޖިލީހުގައި ތިއްބެވި ގިނަ މެމްބަރުންތަކެއް ކާމިޔާބު ކުރައްވައިފިއެވެ.

Ads by STELCO

އިންތިހާބުގައި އެމްޑީޕީން ވާދަ ކުރެއްވުމަށް ޕްރައިމަރީ ކާމިޔާބު ކުރައްވައިގެން ޓިކެޓު ކަށަވަރު ކުރެއްވި މެމްބަރުންނަކީ

  • އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު (ބިގޭ)
  • ކިނބިދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒު
  • ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްގަފޫރު މޫސާ
  •  ބިލެތްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމް
  • ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގު
  • މަނަދޫ ދާއިރާގެ މެމްބަރު އަހުމަދު ހާރޫން
  • ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިން

ހަނިމާދޫ ދާއިރާގެ ޓިކެޓު، އަބްދުލްގަފޫރު ކާމިޔާބުކުރެއްވީ 363 ވޯޓު ހޯއްދަވައިގެންނެވެ.  އަލިފުށީ ދާއިރާގެ ޓިކެޓު ބިގޭ ކަށަވަރު ކުރެއްވީ 287 ވޯޓު ހޯއްދަވައިގެންނެވެ. އޭނާއާ ވާދަ ކުރެއްވި އަލީ ޖިނާހުއަށް ލިބިވަޑައިގެންނެވީ 53 ވޯޓެވެ. ނާޝިޒު، ކިނބިދޫ ދާއިރާގެ ޓިކެޓު ކަށަވަރު ކުރައްވައިފައިވަނީ 258 މީހުންގެ ވޯޓު ހޯއްދަވައިގެންނެވެ.

މި ބޭފުޅުންގެ އިތުރުން ކުޅުދުއްފުށީ ދެކުނު ދާއިރާގެ ޓިކެޓް ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވަނީ ކަށަވަރު ކުރައްވާފައެވެ. އަލީ ވަހީދަކީ މީގެކުރިން ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާ ތަމްސީލުކުރެއްވި ބޭފުޅެކެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!