ޖާބިރާއި ދަރިކަލުން އެމްޑީޕީ ޓިކެޓް ކަށަވަރުކޮށްފި
އެމްޑީޕީން މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ އެމްޑީޕީ ޕްރައިމަރީ، ކާށިދޫ ދާއިރާގެ މަޖިލިސް މެންބަރު އަބްދުﷲ ޖާބިރު އާއި އޭނާގެ ދަރިކަލުން އަހުމަދު މުއާޒް އަބްދުﷲ ކަށަވަރުކުރައްވައިފިއެވެ.
ޕްރައިމަރީގެ ނަތިއްޖާ ދައްކާ ގޮތުން ކާށިދޫ ދާއިރާގެ މިހާރުވެސް މެމްބަރުކަން ކުރައްވަމުން ގެންދަވާ ޖާބިރު ވަނީ ޕްރައިމަރީ ކާމިޔާބުކުރައްވާފައެވެ.
މިއަދު ބޭއްވި އިންތިހާބުގައި އެމްޑީޕީގެ ޕްރައިމަރީ ކާމިޔާބު ކުރައްވައިގެން ޓިކެޓު ކަށަވަރު ކުރެއްވި މެމްބަރުންނަކީ
- އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު (ބިގޭ)
- ކިނބިދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒު
- ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްގަފޫރު މޫސާ
- ބިލެތްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމް
- ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގު
- މަނަދޫ ދާއިރާގެ މެމްބަރު އަހުމަދު ހާރޫން
- ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިން
މި ބޭފުޅުންގެ އިތުރުން ކުޅުދުއްފުށީ ދެކުނު ދާއިރާގެ ޓިކެޓް ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވަނީ ކަށަވަރު ކުރައްވާފައެވެ. އަލީ ވަހީދަކީ މީގެކުރިން ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާ ތަމްސީލުކުރެއްވި ބޭފުޅެކެވެ.
މިނަތީޖާއިންމިއެނގެނީ ދިވެހިންނަށްކަމުދަނީ އަވަގުރާނަގޮވަމުންމަގުމަތީގަދުވާ ހަޔާތްކުޑަ މީހުންކަން