ޚަބަރު

ހަދިޔާކުރާ ކާޑު ރަޖިސްޓްރީނުވެ ލިބޭނެ ގޮތް ހަމަޖައްސާނަން: އާދަމް ޝަރީފް

އަލީ ސަމާޙް ، ދެން އޮންލައިން
މިނިސްޓަރު އާދަމް ޝަރީފް/ ފޮޓޯ: ދެން

ރޯދަމަހު ކޮންމެ ގޭބީސީއަކަށް ސަރުކާރުން ހަދިޔާކުރާ ކާޑުގެ ބާވާތްތައް ރަޖިސްޓްރީނުވެ ލިބޭނެ ގޮތް ހަދައިދޭނެކަމަށް ސަރުކާރުން ބުނެފިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދާ އެއްގޮތަށް ރޯދަ މަހަށް ކޮންމެ ގޭބިސީއަކަށް ހަނޑުލާއި ފުށް ބަހަން ނިންމާފައި ވާތީ މާލޭ ސަަރަހައްދުން އެ ތަކެތި ބޭނުންވާ ގޭބިސީތަކުން ރަޖިސްޓްރީވާން އަންނަ ހަފުތާގައި ހުޅުވާލާނެ ކަމަށް މާލޭ ސިޓީ ކައުންސިލުން ވަނީ ހާމަކޮށްފައެވެ.

ސިޓީ ކައުންސިލުން ކޮށްފައިވާ އިއުލާނެއްގައި ވަނީ، މީހުން ދިރިއުޅޭ ކޮންމެ ގެއަކަށް 10 ކިލޯ ހަނޑުލާއި 10 ކިލޯ ފުށް ބަހަން ހަމަޖައްސާފައިވާ ކަމަށާއި މާލެ، ވިލިމާލެ އަދި ހުޅުމާލޭގެ ގޭބިސީތަކުގައި އުޅޭ މީހުން، މި މަހުގެ 25 ގެ ކުރިން ނަންނޯޓު ކުރުމަށް އެދިފައެވެ.

އެ ހަބަރު 'އެކްސްގައި' ހިއްސާކުރައްވައި ލިޔުއްވި ޕޯސްޓެއްގައި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާ ބެހޭ އަދަމް ޝަރީފް އުމަރު ވިދާޅުވީ ކާޑު ހޯދަން ރަޖިސްޓްރީ ވާން ނުޖެހޭނެ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ ސަރުކާރުން ހަދިޔާ ކުރާ ހަނޑުލާއި ފުށް ބޭނުންވާ ފަރާތްތަކުން ރަޖިސްޓްރީ ނުވެ މާލޭގެ ގޭބިސީތަކަށްވެސް ލިބޭނެ ގޮތް ހަމަޖައްސަވާނެ ކަމަށެވެ.

މި ރޯދަ މަހު ކޮންމެ ގެއަކަށް ސަރުކާރުގެ ފަރާތުން 10 ކިލޯގެ ހަނޑޫ އަދި 10 ކިލޯގެ ފުށް ބަސްތާއެއް ހަދިޔާކުރައްވާނެ ކަމަށް ރައީސް އިއުލާނުކުރެއްވީ ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅަށް ފަހުއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!