ޚަބަރު

ރިޔާސީ ކެމްޕޭނު ދަތުރުތަކަށް އެމްޑީޕީން ދައްކަން ޖެހޭ 5.6 މިލިއަން ރުފިޔާ ނުދައްކައިފި ނަމަ ކޯޓަށް

ފައިނާ ފާއިޒް ، ދެން އޮންލައިން
އެމްޑީޕީގެ ރިޔާސީ ދަތުރު

އައިލޭންޑް އޭވިއޭޝަން މެދުވެރިކޮށް އެމްޑީޕީއިން ކުރި ރިޔާސީ ކެމްޕޭން ދަތުރުތަކަށް ދައްކަން ޖެހޭ 5.6 މިލިއަން ރުފިޔާ އެ ފައިސާ ދައްކަން ދެވިފައިވާ މުއްދަތުގެ ތެރޭ ނުދައްކައިފި ނަމަ އެ ޕާޓީގެ މައްޗަށް ދައުވާ ކުރާނެ ކަމަށް އެ ކުންފުނިން އަންގައިފިއެވެ.

Ads by MWSC

އެމްޑީޕީއިން ނިމިދިޔަ އަހަރު ކުރި ރިޔާސީ ދަތުރު ތަކުގެ ޓިކެޓާއި ޗާޓަރު ދަތުރުތަކަށް ވަނީ 5.6 މިލިއަން ރުފިޔާ އަރާފައިއެވެ.

އަދި މި ފައިސާ ހޯދުމުގެ މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުންނެވެ. އަދި އެ ފައިސާ ހޯދުމަށް އެކި ފަހަރު މަތިން ސިޓީ ފޮނުވާފައިވާ ކަމަށްވެސް އެ ކުންފުނީގެ އިސް ވެރިއަކު ވަނީ ހާމަކޮށްފައިއެވެ.

އެމްޑީޕީއިން ދައްކަން ޖެހޭ ފައިސާ ދައްކަން އެ އައިލޭންޑް އޭވިއޭޝަންއިން ފުރަަތަމަ ދީފައިވާ މުއްދަތަކީ ހިދުމަތް ހޯދާ ތާރީހުން ފެށިގެން 48 ގަޑިއިރެވެ.

އަދި މި ފައިސާ ދައްކަން އެމްޑީޕީއަށް ދީފައިވާ ސުންގަޑި އަކީ މި މަހުގެ 18 ވަނަ ދުވަހެވެ. އޭގެ ކުރިން މި ފައިސާ ނުދައްކައިފި ނަމަ އެ ޕާޓީގެ މައްޗަށް ދައުވާ ކުރާނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފައިއެވެ.

  1. ރަނގަޅު ިކަން ކުރަންވާނެ. މީ ބައިތުލްމާލު ހުސްކޮށްލި ޕާޓީ މިމީހުން މަޖިލީހުން ބޭރު ކުރަންޖެހޭ އެމްޑީޕީ އައުޓް އިބޫ އައުޓް

  2. ޕާޓީ ތައް ހިންގަން އެއްވެސްސަރުކާރަކުން ލާރި ހަރަދު ނުކުރުމަކީ ގައުމުހިންގުމައް ވަރައް ބޮޑު ލުޔެއްލިބި އިގްތިސާދު ކުރެވި ކޮރަޕްސަން ހުއްޓުވަން އެޅޭނެ ވަރައް ބޮޑު ފިޔަވަޅެއް