ޚަބަރު ރައްޔިތުންގެ މަޖިލިސް

ބެޓީ ކްރޮކާގެ ކޭކް މިކްސް ޕެކެޓުތައް ވިއްކުން ހުއްޓާލަން އަންގައިފި

ޙައްވާ އިނާޝާ ، ދެން އޮންލައިން

ބެޓީ ކްރޮކާ ސުޕަރ މޮއިސްޓް ކޭކް މިކްސް ޕެކެޓުތައް ވިއްކުން ހުއްޓާލަން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އަންގައިފިއެވެ.

Ads by STELCO

މިކަން ހާމަކޮށް އެމްއެފްޑީއޭ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ބެޓީ ކްރޮކާގެ ސުޕަރ މޮއިސްޓް ކޭކް މިކްސް ޗޮކްލެޓް ފަޖް ޕެކެޓުތަކުގައި އުކުނު ހުރި ކަމަށް ބުނެ އާންމު ފަރާތްތަކުން ހުށަހެޅި ޝަކުވާއަކާ ގުޅިގެން މާލޭގެ ބާޒާރުތަކުން އެ އުފެއްދުންތަކުގެ ސާމްޕަލްތައް ނަގާ ޓެސްޓު ކޮށްފައިވާ ކަމަށެވެ.

އެގޮތުން އެ ސާމްޕަލްތަކުގައި ގަނޑުލާފައި ހުރި ކަމަށާއި ބައެއް ސާމްޕަލްތައް އުކުނާއި ދިރޭ ސޫފިތަކުން ތަޣައްޔަރުވެފައިވާ ކަމަށް އެމްއެފްޑީއޭ އިން ބުނެފައި ވެއެވެ.

އެހެންކަމުން މި ތަކެއްޗަކީ ކެއުމަށް ރައްކާތެރި ތަކެތި ނޫންކަމުގައި އެ އޮތޯރިޓީން ބުނެފައި ވެއެވެ.

އެމްއެފްޑީއޭ އިން މަނާ ކުރަން ނިންމި ކޭކް މިކްސް ޕެކެޓުތައް:
- 432 ގްރާމް، ބެޓީ ކްރޮކާ ސުޕަ މޮއިސްޓް ޗޮކްލެޓް ފަޖް (އެކްސްޕައިރީ ޑޭޓް: މާޗު 18، 2024)

- 432 ގްރާމް، ބެޓީ ކްރޮކާ ސުޕަ މޮއިސްޓް މިލްކް ޗޮކްލެޓް (އެކްސްޕައިރީ ޑޭޓް: އޭޕްރިލް 13، 2024)

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!