ދުނިޔެ

ޔޫއޭއީގައި ފައްޅިއެއް ހުޅުވައިފި

މުޙައްމަދު އަރީޙް ، ދެން އޮންލައިން

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ، ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގައި ހިންދޫންގެ ބޮޑު ފައްޅިއެއް ހުޅުވައިފިއެވެ.

Ads by Sosun Fihaara

މީގެ އެއް ދުވަސް ކުރިން އިންޑިއާގެ ވެރިރަށް އަބޫދާބީގެ ފުޓުބޯޅަ ސްޓޭޑިއަމެއް ފުރެންދެން މީހުން ނިކުމެ މޯދީއަށް ވަނީ ހޫނު މަރުހަބާއެއް ކިޔާފައެވެ. އިންޑިއާގެ ކުރިއަށް އޮތް އާންމު އިންތިހާބުގައި ތިން ވަނަ ދައުރަކަށް ކުރިމަތިލައްވަން މޯދީ ދަނީ ކެންޕެއިން ކުރައްވަމުންނެވެ.

ޔޫއޭއީއަކީ އިންޑިއާގެ ވިޔަފާރީގެ އެންމެ ބޮޑު އެއް ބައިވެރިޔާއެވެ.

މީގެ ގަރުނަކަށް ވުރެ ގިނަ ދުވަސް ކުރިން މޯދީގެ އުފަން ސްޓޭޓް ގުޖުރާތުގައި އުފެދުނު ހިންދޫ ބީއޭޕީއެސް ޖަމިއްޔާއިން ގާތްގަނޑަކަށް 95 މިލިއަން ޑޮލަރު ޚަރަދުކޮށްގެން އަބޫދާބީގައި ހަދާފައިވާ މި ފައްޅި ހަދަން ޔޫއޭއިން ވަނީ 27 އޭކަރު (11 ހެކްޓަރު)ގެ ބިން ހަދިޔާކޮށްފައެވެ.

ޔޫއޭގައި މި ނޫނަސް އެހެން ފައްޅިތައް ހުރެއެވެ.

Ads by Ooredoo
  1. އިންޑިޔާގައެތަކެއްޒަމާން ވެފާހުރި މިސްކިތް ތައް ތަޅާ ހަލާކު ކުރަނީ. އެކަމަކު އަރަބި އިސްލާމީ ގައުމުތަކުގައި ހިންދޫ ފައްޅި އަޅަން ޖާގަ ދެނީ.
    މީ ކޮންކަހަލަ ކަމެއްބާ؟