ޚަބަރު ސަރުކާރު

ސްޓޭޓް މިނިސްޓަރު ކަމުން ހުސައިން ވަކިކޮށްފި

އަލީ ސަމާޙް ، ދެން އޮންލައިން

މިނިސްޓްރީ އޮފް އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާގެ ސްޓޭޓް މިނިސްޓަރު ހުސައިން އިސްމާއީލް މަގާމުން ވަކިކޮށްފިއެވެ.

Ads by STELCO

ހުސެއިން މަގާމުން ވަކިކޮށްފައިވަނީ ރޭގެ ވަގުތެއްގައެވެ.

މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) ގެ ނައިބް ރައީސެއްގެ ގޮތުގައި ހުންނެވި ހުސައިން އިސްމާއީލް މަގާމުން ވަކިކޮށްފައިވާކަން ރައީސް އޮފީހުން ވަނީ ޔަގީންކޮށްދީފައެވެ. ނަމަވެސް ވަކިކުރި ސީދާ ސަބަބެއް ނުބުނެއެވެ.

މިނިސްޓަރު ޑރ. އައިޝަތު ރަމީލާ އާލާސްކަންފުޅާ އުޅުއްވާތީ މިދިޔަ ދުވަސްތަކުގައި މިނިސްޓްރީ ހިންގުމުގައި އެންމެ އިސްކޮށް އުޅުއްވީ ހުސައިން އިސްމާއިލެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!