Wednesday, 28 October 2026
Advertisement
MWSC — SmartMeter (leaderboard)
ސަރުކާރު

އެޗްޑީސީގެ ޗެއާމަނަކަށް ޒުހޫރު ހަމަޖައްސައިފި

އެޗްޑީސީގެ ޗެއާމަނަކަށް ޒުހޫރު ހަމަޖައްސައިފި

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ޗެއާޕާސަން އަކަށް ވަޒީރު އަހްމަދު ޒުހޫރު ހަމަޖައްސައިފި އެވެ.

އެ މަގާމަށް ޒުހޫރު ހަމަޖައްސާފައިވާކަމަށް އެ ކޯޕަރޭޝަންއިން ވަނީ ޔަގީންކޮށްދީފައިއެވެ.

ޒުހޫރަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި އިސް މަގާމުތަކެއް ފުރުއްވި ބޭފުޅެއްކަން ފާހަގަކޮށްލެވެއެވެ.

Advertisement
Ooredoo — Square (box)

އެގޮތުން އޭނަ ވަނީ ހެލްތު މިނިސްޓަރު ކަމާއި ހޯމް މިނިސްޓަރު ކަން އަދި ޔޫތު މިނިސްޓަރު ކަމާއި ރައީސް އޮފީހުގެ މިނިސްޓަރުކަން ކުރައްވާފައެވެ.

އިތުރުން ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމާއި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުވެސް ޒުހޫރު ވަނީ އަދާކޮށްފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް