ދުނިޔެ

ޗައިނާ-ޓައިވާނުގެ ނުތަނަވަސްކަން އިތުރުވެ، މަސްވެރިން މަރުވުމާ ގުޅިގެން ބެއިޖިންއިން ޕެޓްރޯލް ކުރުން އިތުރުކޮށްފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޓައިވާނުގެ ކޮންޓްރޯލް އޮންނަ ބައެއް ރަށްތަކުގެ ވަށައިގެން ޗައިނާއިން ޕެޓްރޯލް ކުރުން ވަރުގަދަ ކުރަމުންދާއިރު، ޓައިވާން ކައިރީގައި އޮންނަ ކަނޑުގެ ސަރަހައްދުގައި ނުތަނަވަސްކަން ދަނީ އިތުރުވަމުންނެވެ.

Ads by Sosun Fihaara

ސީއެންއެން އިން ރިޕޯޓްކޮށްފައިވާ ގޮތުގައި މިއީ ޓައިވާނުގެ ކޯސްޓްގާޑުން ފަހަތުން ދަނިކޮށް ގެނބިގެން މަރުވި ޗައިނާގެ ދެ މަސްވެރިއަކު ވަގަށް ނެގި ކަމުގެ ތުހުމަތުގައި މަރުވުމާ ގުޅިގެން އެޅި ފިޔަވަޅެކެވެ.

ޗައިނާގެ ކޯސްޓްގާޑުން، ހާއްސަކޮށް އެ ގައުމުގެ ފުޖިއަން ޑިވިޝަނުން އާދީއްތަ ދުވަހު ކުރި އިއުލާނެއްގައި ބުނެފައި ވަނީ ކަނޑުގެ ގާނޫނު ތަންފީޒުކުރުން ހަރުދަނާކޮށް، ޒިއާމެން، ޗައިނާ އަދި ޓައިވާނުގެ ކިންމެން އައިލެންޑްސްގެ ވަށައިގެންވާ ކަނޑުގެ ސަރަހައްދުގައި ގަވާއިދުން ޕެޓްރޯލް ކުރާނެ ކަމަށެވެ.

ޗައިނާގެ ކޯސްޓްގާޑުގެ ތަރުޖަމާނު ގަން ޔޫ ވިދާޅުވީ މަގުސަދަކީ "ކަމާ ގުޅޭ ކަނޑުގެ ސަރަހައްދުގައި ހިންގާ އޮޕަރޭޝަންތަކުގެ ތަރުތީބު އިތުރަށް ދަމަހައްޓައި މަސްވެރިންގެ ފުރާނައާއި މުދާ ހިމާޔަތްކުރުން" ކަމަށެވެ. ޕެޓްރޯލް ކުރުން އިތުރުކުރަން ނިންމި ނިންމުމުގެ ސަބަބުން ޗައިނާ އާއި ޓައިވާނުގެ ކޯސްޓްގާޑުގެ އުޅަނދުތަކާ ދެމެދު ގާތްކަން އިތުރުވެ، އޮޅުވާލުމާއި ހަމަނުޖެހުންތަކުގެ ނުރައްކާ ބޮޑުވެދާނެ ކަމުގެ ކަންބޮޑުވުން ވަނީ ބޮޑުވެފަ އެވެ.

ދާދި ފަހުން ހިނގި ހަމަނުޖެހުންތަކުގެ ތެރޭގައި، ކިންމެންގެ އައްސޭރިފަށުން ގާތްގަނޑަކަށް 1 ނޯޓިކަލް މޭލު ދުރުގައި އޮންނަ ކަނޑުގެ ސަރަހައްދުގައި މަސްވެރިކަން ކުރަން އުޅުނު ކަމަށް ބުނެ ޓައިވާނުގެ ކޯސްޓްގާޑުން ސަލާމަތްވާން އުޅުމުގެ ތެރޭގައި ޗައިނާގެ ސްޕީޑް ބޯޓެއް ބަންޑުން ޖަހާލި ހާދިސާއަކާ ގުޅިގެން ނެވެ. ޓައިވާނުގެ ކޯސްޓްގާޑުން ސަލާމަތްކުރުމަށްފަހު ދެ ފަޅުވެރިއަކު ސަލާމަތްވެފައިވާއިރު، އަނެއް ދެ ފަޅުވެރިން ހޭނެތިފައި އޮއްވާ ފެނުނުއިރު، ކިންމެންގެ ހޮސްޕިޓަލަށް ގެންދިޔަ ފަހުން މަރުވެފައިވާކަން ވަނީ ކަށަވަރުވެފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!