ޚަބަރު

ޕިކަޕެއްގެ ތެރޭ ބަދުއަހުލާގީ ވައްތަރުތަކެއް ޖެއްސި މީހާ ހޯދަން ފަށައިފި

އަލީ ސަމާޙް ، ދެން އޮންލައިން
ފުލުހުންތަކެއް މަގުމަތީގައި ފޯރި މަރަނީ

މާލޭގެ މަގެއްގައި ދުއްވާފައި ދިޔަ ޕިކަޕެެއްގެ ތެރޭ ހުރެ ބަދުއަހުލާގީ ވައްތަރުތަކެއް ޖެއްސި މީހެއްގެ މައްސަލަަ ފުލުހުން ބަލަން ފަށައިފިއެެވެ.

Ads by MWSC

'އެކްސް' ގައި ކުރި ޕޯސްޓެއްގައި ފުލުހުން ބުނީ، މާލޭ މަގުމަތީގައި ޕިކަޕެއްގެ ތެރޭގައި ފިރިހެނަކު އާންމު އިޖުތިމާއީ މިންގަނޑާ ހިލާފު ވައްތަރުތަކެއްޖެއްސި މައްސަލަ ތަހުގީގު ކުރަން ފަށަފައިވާ ކަމަށެވެ.

އަދި އެ މީހާ ދެނެގަތުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

އެ މީހާއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަންގެ ނަންބަރު 9400053 އަށް ގުޅައި ހިއްސާކުރަން ފުލުހުން ވަނީ އެދިފައެވެ. 
ފިރިހެނަކު ހަޑިހުތުރު ވައްތަރުތަކެއް ޖައްސާ މަންޒަރުގެ ވީޑިއޯ އިއްޔެއިން ފެށިގެން ޝޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!