ސުޕްރީމު ކޯޓު ގަހުން ވަގަށް އަނބު ބިންނަން އުޅުނު މީހަކު ބަންދުކޮށްފި

ސުޕްރީމު ކޯޓު ގޯތި ތެރޭގައި ހުރި އަނބު ގަހުން ވަގަށް އަނބު ބިންނަން އުޅުން މީހަކު ބަންދުކޮށްފިއެވެ.
ބުރާސްފަތި ދުވަހު ކްރިމިނަލް ކޯޓުން އާންމުކުރި ކޯޓު އަމުރެއްގައިވާ ގޮތުން މިކަން ހިނގާފައިވަނީ އެ ދުވަހުގެ މެންދުރު ވަގުތުއެވެ.
އޭނާ، އެދުވަހު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު އޭނާއަކީ އުމުރުން 38 އަހަރުގެ ފިރިހެނެކެވެ.
މީނާގެ މައްޗަށް މި ކުށް ސާބިތު ވާ ވަރަށް ހެކި ހުށަހެޅުމުގެ ސަބަބުން އޭނާއަށް ކްރިމިނަލް ކޯޓުން ވަނީ އޭނާގެ ބަންދަށް 15 ދުވަސް ޖަހާފައިއެވެ.
އަނބު ބިންނަން މަސައްކަތް ކުރި ކަމަށް އޭނާ އެއްބަސް ވިކަމަށްވެސް ކޯޓު އަމުރުގައި ވަނީ ބަޔާންކޮށްފައިއެވެ.
އަދި އޭނާ އަކީ މިފަދަ ކަންކަމާ ގުޅިގެން ކުރިންވެސް ހައްޔަރުކުރެވިފައިވާ މީހެކެވެ،
މީގެ ކުރިންވެސް ސުޕްރީމު ކޯޓުގައި ހުންނަ އަނބުގަސް ތަކުން އަނބު ބިންނަން މަސައްކަތްކުރި މައްސަލާގައި މީހުން ހައްޔަރުކޮށްފައިވެއެވެ.
ރަފީޢު ބިން ޚަދީޖު ރިވާކުރައްވާފައި ވެއެވެ.: الله ގެ ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.
“މޭވާ ވަގަށް ނަގާ، ނުވަތަ ކަދުރު ރުކުން ވައްކަން ކުރާ މީހެއްގެ އަތް ނުކަނޑާށެވެ.” އެހެންވާއިރު އޭނާއައް ތިޔަ ދެވެނީ އެންމެ ރަނގަޅު އަދަބުތޯއެވެ؟
ސަރުކާރުގެ ބިމެއްގައި ހުންނަ ގަހުގަ އަޅާ މޭވާތައް އެޔަކީ ކާކުއެެއްޗެއް؟