ޚަބަރު މުނިފޫހިފިލުވުން

ސާތް ނިބާނާ ސާތިޔާ އެނބުރި އައުން: ގޯޕީ ބަހޫ އަލުން ފެނިގެން ދިޔަޔަސް، ކޮކީލާ ބެހެން ނުފެންނާނެ

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ދިވެހިންނަކީ ޒަމާނުއްސުރެ އިންޑިއާގެ ޑްރާމާތަކަށް ލޯބިކުރާ ބައެކެވެ. ކަސޯޓީ ޒިންދަގީ އިންނާއި ކުމްކުމް ފަދަ ޑްރާމާތަކުން ފެށިގެން އައިސް ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭ އާއި ސާތު ނިބާނާ ސާތިޔާ އަކީ ދިވެހިންގެ ތެރޭގައި އެންމެ މަގުބޫލު ކަން ހޯދި ސިލްސިލާތަކެވެ.

Ads by Sosun Fihaara

ވަކިން ހާއްސަކޮށް ސާތު ނިބާނާ ސާތިޔާ އަކީ އޭގައި ކޯކިލާ މޯދީގެ ރޯލަށް ގިނަ ބައެއްގެ ޝައުގުވެރިކަން ދަމައިގަތް ޑްރާމާއެއް ކަން ފާހަގަކޮށްލަން ޖެހެއެވެ. 2010 ވަނަ އަހަރު އެއާ ކުރަން ފެށި މި ސީރީޒް އަކީ ދިވެހި އަންހެނުންގެ އިތުރުން ގިނަ ފިރިހެނުން ވެސް ގަވައިދުން ބަލަމުން އައި ޑްރާމާއެކެވެ.

މި ޑްރާމާގެ ފުރަތަމަ ސީޒަން ނިމުނުތާ ތިން އަހަރު ފަހުން މި ސީރީޒް ގެ ދެވަނަ ސީޒަން އާއެކު ގޯޕީ ޓީވީ ސްކްރީނަށް އެނބުރި އަންނަ ޚަބަރު ވެގެން ދިޔައީ ފޭނުންނަށް އުފާވެރި ޚަބަރަކަށެވެ.

ދެވަނަ ސީޒަން ގެ ފުރަތަމަ ޓްރެއިލާ އިން ގޯޕީ ފެނިގެންދާއިރު އެއާ ކުރުމަށް ހަމަޖެހިފައިވަނީ ކުރިއަށް އޮތް އޮކްޓޯބަރު މަހުގެ ތެރޭގައެވެ. ގޯޕީ ގެ ރޯލުން ކުރީގެ ސީޒަނުން ވެސް ފެނިގެން ދިޔަ ޑަވްލީނާ ބައްޗަރްޔާ ފެނިގެން ދިޔައިރު ކޯކިލާ ގެ ރޯލުން ރޫޕަލް ޕަޓޭލް ނުފެނިދާނެ ކަމުގެ އަޑުތައް ވެސް ވަނީ ފެތުރިފައެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި ކުރީގެ ސީޒަނާއި މި ސީޒަނާ ގުޅުމެއް ނޯންނާނެއެވެ.

 

 

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!