ޚަބަރު

ކޮވިޑް-19: އެމްޕީއެލްގައި މިހާރު ތިބި މާބަނޑު މުވައްޒަފުން މުސާރަ ލިބޭގޮތަށް ގޭގައި މަޑުކުރަން އަންގައިފި

ދެން އެމްވީ ، ދެން އޮންލައިން

މިހާރު މުޅި ދުނިޔެއަށް ހަލުވި ކަމާއެކު ފެތުރެމުން އަންނަ ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 އިން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ މުވައްޒިފުން ރައްކާތެރިކުރުމުގެ ގޮތުން އެކުންފުނިން މުހިންމު ފިޔަވަޅުތަކެއް އަޅައިފިއެވެ.

Ads by STELCO

އެގޮތުން އެމްޕީއެލް އިން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ އެކުންފުނީގައި މިވަގުތު ތިބި މާބަނޑު މުވައްޒަފުންނާއި އުމުރުން ދުވަސްވީ މީހުން، މުސާރަ ލިބޭ ގޮތަށް، ގޭގައި މަޑުކުރަން އަންގާފައިވާ ކަމަށެވެ.

މިއީ ކޮވިޑް-19 އަށް އެމުވައްޒިފުން ރައްކާތެރިކުރުމުގެ ގޮތުން އެޅި ފިޔަވަޅެއްކަމަށާއި މާދަމާއިން ފެށިގެން މިފަދައިން އަމަލު ކުރަން ފަށާނެ ކަމަށް ވެސް އެމްޕީއެލް އިން ހާމަކޮށްފައިވެއެވެ. އަދި މިއީ މިހާރު ރާއްޖެއަށް ސަރުކާރުން ނެރެފައިވާ ސިއްޙީ ކުއްލި ނުރައްކަލުގެ ހާލަތު ނިމެންދެން ނިންމި ނިންމުމެއް ކަމަށް ވެސް އެމްޕީއެލް އިން ހާމަކޮށްފައިވެއެވެ.

މީގެއިތުރުން އެކުންފުނިން ބުނެފައިވަނީ. އެމްޕީއެލް ގައި މަސައްކަތް ކުރާ އެހެން މުވައްޒިފުންގެ ތެރެއިން ގޭގައި މަސައްކަތް ކުރެވޭނެ މުވައްޒިފުން ގޭގައި މަސައްކަތް ކުރެވޭނެ ގޮތަށް ނިންމާފައިވާ ކަމަށާއި އޮފީހުގައި މަސައްކަތްކުރާ އެހެން މުވައްޒިފުން ވެސް މަސައްކަތް ކުރަންޖެހޭ ވަގުތު ކުޑަކުރުމަށް ނިންމާފައިވާ ކަމަށެވެ.
ކާގޯ ކްލިއަރިންގ ގައި ވެސް މީހާވެސް މަދު މުވައްޒިފުން ބޭނުން ކުރުމަށާއި ޝިފްޓުތަކަށް ބަހާލައިގެން ކާގޯ ކްލިއަރ ކުރުމަށް ވިސްނާފައިވާ ކަމަށް ވެސް އެމްޕީއެލް އިން މައުލޫމާތު ދީފައިވެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!