ދުނިޔެ

ވިޔަފާރީގެ ދާއިރާ އާއި ވެލްފެއާ ފުޅާކުރުމަށް އިންޑިއާ އާއި ގްރީސް އާ ދެމެދު ސްޓްރެޓެޖިކް ޕާޓްނާޝިޕްތަކެއް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އިންޑިއާ އާއި ގްރީސްގެ ވިޔަފާރީގެ މުއާމަލާތްތައް ފާއިތުވި ދެ އަހަރުގެ ތެރޭގައި އިތުރުވެފައި ވަނީ ދުނިޔޭގެ ސަޕްލައި ޗެއިންތައް ރީ-އިންޖިނިއަރިން ކުރުމާއި އެ ގައުމުތަކުގެ ފައިދާހުރި ވިޔަފާރީގެ ބައިވެރިން ހޯދުމަށް ގައުމުތަކުން ކުރަމުންދާ ސްޓްރެޓެޖިކް މަސައްކަތްތަކުގެ ސަބަބުންނެވެ.

Ads by Sosun Fihaara

އިންޑިޔާއާއި ގްރީސްއާ ދެމެދު އޮންނަ ކޮމްޕްލިމެންޓްރީސް އާއި ސްޓްރެޓެޖިކް ގާތްކަމަށް ވިސްނާލުން؛ ކުރިއަށް އޮތް އަހަރުތަކުގައި މި ދެމީހުންގެ ވިޔަފާރީގެ ޓްރެޖެކްޓަރީ އެތައް ގުނައެއް ފުޅާވެގެންދާނެއެވެ. ގްރީސްގެ ބޮޑުވަޒީރު މިސްޓަރ ކިރިޔާކޯސް މިޓްސޯޓަކިސް ދާދިފަހުން އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގެ ސަބަބުން ވިޔަފާރީގެ ދާއިރާފުޅާއި އިންސާނީ ތަރައްޤީއަށް އިތުރު މަގުތަކެއް ވަނީ ހުޅުވިފައެވެ. މައިގްރޭޝަން އެންޑް މޯބިލިޓީ އެގްރީމެންޓާއެކު ދިފާއީ ދާއިރާއިން ގުޅުން ބަދަހިކުރުމަށް އަލަށް ފަށާފައިވާ މަސައްކަތްތަކުގެ ސަބަބުން ކުރިއަށް އޮތް 5-6 އަހަރުގެ ތެރޭގައި ދެ ޤައުމުގެ ދެމެދުގައި އޮތް ވިޔަފާރީގެ ގުޅުން ދެގުނައަށް އިތުރުކުރުމުގެ ފުރުޞަތު އެބައޮތެވެ.

އިންޑިއާ އާއި ގްރީސްއަކީ ދުނިޔޭގެ ސަޕްލައި ޗެއިންތަކުގެ ދާއިރާގައި ސްޓްރެޓެޖިކް ގާތްކަން އޮންނަ ގައުމެކެވެ. އިންޑިއާ އާއި ޔޫރަޕްގެ ބޮޑެތި މާކެޓުތަކުގައި ޕެނެޓްރޭޝަން އިތުރުކުރުމަށާއި ޔޫރަޕާއި އިންޑިއާއާ ދެމެދު ސަޕްލައި ޗެއިންތައް ހަރުދަނާ ކުރުމުގެ ފުރުސަތުތައް މި ދެ މާކެޓުގައި ވެސް އެބަހުއްޓެވެ. ޕެންޑަމިކަށްފަހުގެ އަހަރުތަކުގައި ސަޕްލައި ޗެއިންތަކުގެ ވަރުގަދަ ރެޒިލިއަންސް ފެނިގެން ގޮސްފައިވާއިރު، އިންޑިއާ އާއި ގްރީސްއާ ދެމެދު ވިޔަފާރީގެ މުއާމަލާތްތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.

2020 ވަނަ އަހަރު 569 މިލިއަން ޑޮލަރުގައި އޮތް ދެ ގައުމުގެ ވިޔަފާރީގެ އަގު 2023 ވަނަ އަހަރު 1944 މިލިއަން ޑޮލަރަށް އިތުރުވެފައިވާއިރު މިއީ ގާތްގަނޑަކަށް 3.5 ގުނަ އިތުރު އަދަދެކެވެ. އިންޑިއާއިން ގްރީސްއަށް އެކްސްޕޯޓްކުރި މިންވަރު 2020 ވަނަ އަހަރު 445 މިލިއަން ޑޮލަރުން 2023 ވަނަ އަހަރު 786 މިލިއަން ޑޮލަރަށް އިތުރުވެފައިވާއިރު، ގްރީސްއިން އިމްޕޯޓްކުރި މިންވަރު 2020 ވަނަ އަހަރު 124 މިލިއަން ޑޮލަރުން 2023 ވަނަ އަހަރު ވަނީ 1158 މިލިއަން ޑޮލަރަށް އިތުރުވެފައެވެ. ކުރިއަށް ދާއިރު، 2029-30 ވަނަ އަހަރާ ހަމައަށް ވިޔަފާރީގެ ޓްރެޖެކްޓަރީ ދެގުނަ އިތުރުވެ، 4000 މިލިއަން ޑޮލަރަށް އަރާނެ ކަމަށް ބެލެވެ އެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!