މަކަރާއި ހީލަތް ހެދުމުގެ މައްސަލައެއްގައި މީހަކު ހޯދަނީ

މަކަރާއި ހީލަތް ހެދުމުގެ މައްސަލައެއްގައި ދިވެހި ފިިރިހެނެއްގެ ފޮޓޯއާއި ވަަނަވަރު އާންމުކޮށް އޭނާ ހޯދަން އިއުލާނުކޮށްފިއެވެ.
ފޮޓޯއާއި ވަަނަވަރު އާންމުކޮށް ހޯދަން އިއުލާނުކޮށްފައި ވަނީ އަޙްމަދު އަޝްފާއު، އުދަރެސް / ނ. މަނަދޫ (34އ) އެވެ.
ފުލުހުން ބުނީ އޭނާ އަކީ ހުޅުމާލެ ފޭސް 2 އިންވެސްޓިގޭޝަނުން ތަހުގީގު ކުރަމުންދާ މަކަރާއި ހީލަތް ހެދުމުގެ މައްސަލައެއްގެ ތަހުގީގަށް ހާޒިރުވުމަށް ހޯދަން އިއުލާނުކޮށްފައިވާ މީހެއް ކަމަށެވެ.
މި މައްސަލައިގެ ތަހުގީގަށް ހާޒިރުވުމަށް އޭނާ އަށް އަންގާފައި ވަނީ 2024 މާރިޗު 11 ވަނަ ދުވަހުގެ 14:00 އަށް ހުޅުމާލެ ފޭސް 2 ޕޮލިސް ސްޓޭޝަނަށެވެ.