ޚަބަރު

ރޯދަ މަހު ބާއްވަން ނިންމި 3 ބައި-އިލެކްޝަނެއް ފަސްކޮށްފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ރޯދަ މަހު ބޭއްވުމަށް ނިންމާފައި އޮތް ތިން ބައި-އިލެކްޝަނެއް ރޯދައިގެ ފަހުން މަޖިލިސް އިންތިޚާބާ އެކު ބޭއްވުމަށް ނިންމައިފިއެވެ.

Ads by MWSC

އިލެކްޝަންސް ކޮމިޝަންގެ ނައިބުރައީސް އިސްމާއިލް ހަބީބް މިއަދު ވިދާޅުވީ އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނަށް 5 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނުގައި، އެއްވެސް އިންތިޚާބެއް ރޯދަމަހު ބާއްވައިގެން ނުވާނެ ކަމަށާއި، ރޯދަމަހުގައި އިންތިޚާބެއް ބާއްވަން ޖެހޭ ޙާލަތުގައި، އެ އިންތިޚާބެއް ބާއްވަންވާނީ ރޯދަމަސް ނިމި، 10 ދުވަސް ފަހުން ކަމަށް ކަނޑައަޅާގައިވާ ކަމަށެވެ

މިކަމާއި ގުޅިގެން، 2024 މާރޗް 17 ވަނަ ދުވަހު ބާއްވަން އިލެކްޝަންސް ކޮމިޝަނުން އިޢުލާން ކުރައްވާފައިވާ ހއ. ތަކަންދޫ ކައުންސިލްގެ އަންހެން މެންބަރު، ނ. ވެލިދޫ ކައުންސިލްގެ މެންބަރު އިންތިޚާބުކުރުމަށް ބާއްވާ ބައި-އިލެކްޝަނާއި، 2024 މާރޗް 30 ވަނަ ދުވަހު ބާއްވަން އިޢުލާން ކުރައްވާފައިވާ، މ. މަޑުއްވަރީ ކައުންސިލް ގެ ރައީސް އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަން ދެން އޮންނާނީ 2024 އެޕްރީލް 21 ވާ އާދިއްތަ ދުވަހު ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ.

‏މި 3 ބައި-އިލެކްޝަން ގެ ވޯޓުލުން ފެށޭނީ ހެނދުނު 08:00 ން ހަވީރު 04:00 އަށް ކަމަށާއި ވޯޓު ގުނަން ފަށާނީ އެދުވަހުގެ ހަވީރު 4:30 ގެ ފަހުން ކަމަށް އީސީން ވިދާޅުވިއެވެ.

މިއީ، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024 ވެސް ބާއްވަން އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅުއްވާފައިވާ ދުވަސް ކަމަށް ވެސްް އީސީން ވިދާޅުވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!