ޚަބަރު

ކޮވިޑް-19: ސްޕެއިން އިން ރާއްޖެއައި އިތުރު ދިވެއްސަކު ޝައްކު ކުރެވިގެން ޓެސްޓު ކުރަނީ

ސްޕެއިން އިން ރާއްޖެ އައި އިތުރު ދިވެއްސަކު ކޮވިޑް-19 އަށް ޝައްކުކުރެވިގެން ޓެސްޓު ކުރުމުގެ މަސައްކަތް ފަށައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ) އިން މިރޭ ބުނީ ކޮވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރި، ސްޕެއިން އިން ރާއްޖެ އައި އިތުރު ދިވެއްސެއް، ފަރުކޮޅުފުއްޓަށް ގެންގޮސް ޓެސްޓު ކުރުމުގެ މަސައްކަތް މިހާރު ކުރެވެމުންދާ ކަމަށެވެ.

ސްޕެއިން އިން ރާއްޖެ އައި ދިވެއްސަކު އިއްޔެ ވެސް ކޮވިޑް-19 އަށް ވަނީ ޓެސްޓުކޮށްފައެވެ. ނަމަވެސް އޭނާ ވަނީ މި ބައްޔަށް ނެގެޓިވް ވެފައެވެ.

ރާއްޖެއިން މިހާތަނަށް 13 މީހަކު ޕޮޒިޓިވް ވެފައިވާއިރު، ސަރުކާރުން މިހާރު ވަނީ ރާއްޖޭގައި 30 ދުވަހަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައެވެ. މި ބައްޔަށް މިހާތަނަށް ރާއްޖެއިން ޕޮޒިޓިވްވި އެންމެންނަކީ ވެސް ބިދޭސީންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!