ޚަބަރު އިޖުތިމާޢީ

ވެހިކަލް ރެޖިސްޓްރީކުރާ ގަރާޖުތަކުގެ ސައްހަކަން ބަލަނީ

ފައިނާ ފާއިޒް ، ދެން އޮންލައިން
Police, Male' Maldives
މާލެ މަގުމަތި

އެއްގަމު ދަތުރުކުރާ އުޅަނދުތައް ރަޖިސްޓްރީކުރުމަށް ހުށަހަޅާ ގަރާޖުތަކުގެ ސައްހަކަން ކަށަވަރު ކުރަން މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އިން ނިންމައިފި އެވެ.

Ads by Hajj Corporation

އެ މިނިސްޓްރީއިން މިއަދު ނެރުނު އިއުލާނުގައި ބުނެފައިވަނީ، އެއްގަމު އުޅަނދު ރަޖިސްޓަރީކުރުމާއި ގަރާޖުގެ ވެރިފަރާތަށް އެންގުމަކާއި ނުލައި އެގަރާޖުތަކުގައި އުޅަނދު ރަޖިސްޓަރީކުރަމުން ގެންދާ ކަމުގެ ޝަކުވާ އެ މިނިސްޓްރީއަށް ލިބެމުންދާކަމަށެވެ.

އަދި މިކަމަށް ހައްލު ގެނައުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދާކަމަށްވެސް އެ އިއުލާނުގައި ވަނީ ބުނެފައިއެވެ.

އެގޮތުން އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ރަޖިސްޓްރީ ކުރުމުގެ ގަވާއިދުގެ ހަތަރު ވަނަ މާއްދާގެ (ރ) ގައި އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުތަކުގެ ތެރެއިން ދެ ފުރޮޅަށްވުރެ ގިނަ ފުރޮޅުލީ އުޅަނދު ރަޖިސްޓްރީ ކޮށްދެވޭނީ އެ އުޅަނދެއް ރަޖިސްޓްރީ ކުރުމަށް ލިޔުންތައް ހުށަހަޅާއިރު، ގަރާޖެއްގައި އެ އުޅަނދު ބޭއްވުމާމެދު ގަރާޖުގެ ވެރިފަރާތުގެ އިއުތިރާޟެއް ނެތްކަމުގެ ލިޔުމަކާއި، ގަރާޖުގެ ވެރިފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއަކާއި، އުޅަނދު ބާއްވާ ގަރާޖަކީ ރަޖިސްޓްރީކޮށްފައިވާ ގަރާޖެއްކަން އެނގޭނެ ލިޔުންތައް ހުށަހަޅަން ޖެހޭނެކަމަށްވެސް އެ މިނިސްޓްރީއިން ވަނީ ބުނެފައިއެވެ.

މި ލިޔެކިޔުންތަކުގެ ތެރޭގައި، ގަރާޖުގެ ވެރިފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއާއި، އުޅަނދު ބާއްވާ ގަރާޖަކީ ރަޖިސްޓަރީކޮށްފައިވާ ގަރާޖެއްކަން އެނގޭނެ ލިޔުންތައް އަދ އެ ގަރާޖެއްގައި އެ އުޅަނދު ބޭއްވުމާމެދު ގަރާޖުގެ ވެރިފަރާތާމެދު އިއުތިރާޒެއް ނެތްކަމުގެ ލިޔުން ހިމެނެއެވެ.

އެއްގަމުގައި ދުއްވާ އުޅަނދުތަކުގެ ތެރެއިން ދެ ފުރޮޅަށް ވުރެ ގިނަ ފުރޮޅުލީ އުޅަނދު ރަޖިސްޓްރީ ކުރުމުގެ މަރުޙަލާތައް ޤާނޫނާއި ގަވާއިދާ އެއްގޮތަށް، ގަރާޖުގެ ވެރިފަރާތުގެ އިޢުތިރާޟު ނުކުރާކަމުގެ ސިޓީގެ ސައްޙަކަން ކަށަވަރު ކުރުމުގެ އިތުރުން އުޅަނދު ރަޖިސްޓްރީ ކުރުމަށް ހުށަހަޅާ ގަރާޖަކީ އުޅަނދު ބޭއްވޭގޮތަށް ހުރިތަނެއްތޯ ބެލުމުގެ މަސައްކަތް ކުރިޔަށް ގެންދާނެކަމަށްވެސް މިނިސްޓްރީގެ އިއުލާނުގައި ވަނީ ހާމަކޮށްފައިއެވެ.

Ads by Allied Insurance
  1. ތިމަންނަ

    ރަގަޅުކަމެއް … ބޮނޑުނަގުލަށް ނުދާނެގޮތެއް ހަދާތި……