ލިތުވޭނިއާގެ އިންތިޚާބަށް ޗައިނާއިން އަތް ބާނައިފި
ލިތުއޭނިއާގެ ކައުންޓަރ އިންޓެލިޖެންސްގެ ވެރިޔާ ބުރާސްފަތި ދުވަހު ވިދާޅުވީ، އީޔޫގައި މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބަށް ޗައިނާއިން ނުފޫޒު ފޯރުވުމާއި ނޭޓޯގެ މެމްބަރު ލިތުއޭނިއާއަށް ނުފޫޒު ފޯރުވުމަކީ ޔަގީނުންވެސް އިންކާރު ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.
2021 ވަނަ އަހަރުގެ ފަހުކޮޅު ޓައިވާނަށް އެގައުމުގައި ޑި-ފެކްޓޯ އެމްބަސީއެއް ހުޅުވުމުގެ ހުއްދަ ދިނުމުން ޗައިނާއިން ވަނީ ލިތުއޭނިއާއާ ގުޅުން ދަށްކޮށް، 2.8 މިލިއަން މީހުން ދިރިއުޅޭ ބޯލްޓިކް ގައުމާ ގުޅުން ކަނޑާލަން މަލްޓިނޭޝަނަލް ކުންފުނިތަކަށް ޕްރެޝަރުކޮށްފަ އެވެ.
ޑިމޮކްރެޓިކް އުސޫލުން ވެރިކަން ކުރާ ޓައިވާނަކީ ދައުލަތެއް ގެއްލުވާލުމުގެ އެއްވެސް ހައްގެއް ނެތް ސަރަހައްދެއްގެ ގޮތުގައި ޗައިނާއިން ދެކޭ އިރު، ރަސްމީ ނޫން ގައުމުތަކުން ވެސް އެ ގައުމާ ގުޅުން ދަށްކުރުމަށް ނުވަތަ ކަނޑާލުމަށް ގައުމުތަކަށް ޕްރެޝަރު ބޮޑުކޮށްފި އެވެ.
ދުނިޔޭގެ ގިނަ ގައުމުތަކެކޭ އެއްފަދައިން ލިތުއޭނިއާ އިން ވެސް ގަބޫލުކުރާ ގޮތުގައި ޗައިނާ އިން ގެންގުޅެނީ "އެއް ޗައިނާ" ކަމަށާއި ޓައިވާނަކީ އޭގެ ބައެއް ކަމަށެވެ. އެންމެ 12 ޑިޕްލޮމެޓިކް ބައިވެރިން ތިބި ޓައިވާނާ އެކު އެ ގައުމުގެ ފުރިހަމަ ގުޅުމެއް ނެތެވެ.
ލިތުއޭނިއާއާ މެދު ޗައިނާއިން ތަފާތުކުރުމުގެ ވިޔަފާރީގެ އަމަލުތައް ހިންގަމުންދާ ކަމަށް ބުނެ ޔޫރަޕިއަން ޔޫނިއަން އިން ވަނީ 2022 ވަނަ އަހަރުގެ ޖެނުއަރީ މަހު ވޯލްޑް ޓްރޭޑް އޯގަނައިޒޭޝަންގައި ޗެލެންޖެއް ފަށައިފަ އެވެ. އެ ޗެލެންޖް މެދުކަނޑާލީ 2024 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގަ އެވެ.
"އަޅުގަނޑު ދަންނަވާނީ އިންތިހާބަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރުމުގެ ސިނާރިއޯ ޔަގީނުން ވެސް ދޮގެއް ނުކުރެވޭނެ... އަޅުގަނޑު އެންމެ ބޮޑަށް އިޝާރާތް ކުރަނީ ޗައިނާއަށް،" ލިތުއޭނިއާގެ ސްޓޭޓް ސެކިއުރިޓީ ޑިޕާޓްމަންޓުގެ ވެރިޔާ ދާރިއަސް ޖައުނިސްކިސް ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވި އެވެ.
ލިތުއޭނިއާގެ ޕާލަމެންޓް ސަރުކާރު ކޯލިޝަނުން 2020 ވަނަ އަހަރު ވެރިކަމާ ހަވާލުވުމުގެ ކުރިން "ޓައިވާނުގައި މިނިވަންކަމަށް މަސައްކަތް ކުރާ މީހުންނަށް" އެއްބާރުލުން ދޭނެ ކަމަށް ވައުދުވެފައިވާއިރު، ޓައިވާނުގެ ސިޔާސަތަށް އެ ގައުމުގެ ސެމީ އެގްޒެކެޓިވް ރައީސް ގިތާނާސް ނައުސެޑާ ވަނީ ފުޅާ ދާއިރާއެއްގައި ތާއީދު ކުރައްވައިފަ އެވެ.