ޚަބަރު

ޖޭއެސްސީގެ ނައިބް ރައީސަކަށް ފަނޑިޔާރު ނިޔާޒު

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
ފަނިޑޔާރު ނިޔާޒު/ ފޮޓޯ: ޖޭއެސްސީ

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ނައިބު ރައީސަކަށް ހައި ކޯޓުގެ ފަނޑިޔާރު މުހައްމަދު ނިޔާޒު ހަމަޖައްސައިފިއެވެ.

Ads by Hajj Corporation

ޖޭއެސްސީން ބުނީ އެ ކޮމިޝަންގެ ނައިބު ރައީސަކަށް ފަނޑިޔާރު ނިޔާޒް އިންތިހާބުކުރީ މިއަދު ކަމަށެވެ.

ފަނޑިޔާރު ނިޔާޒު މަތީތައުލީމު ހާސިލުކުރެއްވީ ޝަރީއަތާއި ގާނޫނުގެ ރޮނގުން މޭލޭޝިއާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީންނެވެ.

ހދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓްކަމާއި ހދ. ވައިކަރަދޫ ކޯޓުގެ މެޖިސްޓްރޭޓުކަމުގެ މަގާމު ނިޔާޒު ވަނީ ފުރުއްވާފައެވެ.

ނިޔާޒު، ޖޭއެސްސީގެ ނައިބްު ރައީސްގެ މަގާމަށް އައްޔަންކުރެއްވުމާއި ހަމަޔަށް އެ މަގާމުގައި ސުޕްރީމް ކޯޓުން އެ ކޮމިޝަނަށް އައްޔަން ކުރައްވާފައިވާ ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދެވެ. އޭނާ އެ މަގާމުން ވަކި ކުރެއްވުމަށްފަހު ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ފަނޑިޔާރު ހުސްނުއްސުއޫދު ދާދިފަހުން ވަނީ އެ ކޮމިޝަނަށް އައްޔަންކޮށްފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!