ހުޅުމާލޭގައި އަލަށް ޢިމާރާތް ކުރި ޕޮލިސް ސްޓޭޝަން ހުޅުވައިފި

ހުޅުމާލޭގައި އަލަށް ޢިމާރާތް ކުރި ޕޮލިސް ސްޓޭޝަން ހޯމް މިނިސްޓަރު އިމްރާން ޢަބްދުﷲ ރަސްމީކޮށް ހުޅުއްވައި ދެއްވައިފިއެވެ.
ހުޅުމާލޭގައި އަލަށް އިމާރާތް ކުރި ފުލުހުންގެ އިދާރާގެ ބިންގާ އަޅާފައި ވަނީ 2015 ވަނަ އަހަރުގެ މަރިޗު މަހުގެ ތެރޭގައެވެ. އަދި އިމާރާތުގެ ޢަމަލީ މަސައްކަތް ފަށާފައިވަނީ 2017 ވަނަ އަހަރުގެ ޖޫން 14 ގައެވެ. މި އިމާރާތަކީ ހުޅުމާލޭގެ އާބާދީ އިތުރުވަމުން އަންނާތީ ހުޅުމާލެއަކީ އަމާން ތަނަކަށް ހަދައި ފުލުހުންގެ ޚިދުމަތް އެންމެ ފުރިހަމަ ގޮތުގައި ފޯރު ކޮށްދިނުމަށް ޓަކައި އަޅާފައިވާ އިމާރާތަކެވެ.
ގާތްގަނޑަކަށް 27 މިލިޔަން ރުފިޔާ ޚަރަދުކޮށްގެން އިމާރާތް ކޮށްފައިވާ މި އިމާރާތަކީ ތޭވީސް ހާސް ދުއިސައްތަ ފަންސަވީސް އަކަފޫޓުގެ ބޮޑު އިމާރާތެކެވެ. 3 ފަންގިފިލާއަށް އިމާރާތްކޮށްފައިވާ ފުލުހުންގެ މި އިމާރާތުގެ މަސައްކަތް ނިންމާލާފައި ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރުމަހުގެ ތެރޭގައެވެ. އިމާރާތް ނިންމާފައި ވަނީ އެންމެ ޒަމާނީ ފެންވަރަށް ތަރައްގީކޮށް ޖާގައިގެ ގޮތުންވެސް ތަނަވަސް އިމާރާތެއްގެ ގޮތުގައެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ވިދާޅުވީ މި އިމާރާތުން ރައްޔިތުންނަށް ފަސޭހައިން ޚިދުމަތް ދިނުމަށްޓަކައި ވަޞީލަތްތައް ޤާއިމްކޮށްފައި ހުންނާނެ ކަމަށެވެ.
ޝުކުރިއްޔާ ރައީސްޔާމީން