ޚަބަރު

ކަޅު ބާޒާރުގައި ޑޮލަރު ވިއްކި 7 ބިދޭސީއަކު ހިފަހައްޓައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ކަޅު ބާޒާރުގައި ބޭންކް ރޭޓަށްވުރެ ބޮޑުކޮށް ޑޮލަރު ވިއްކަން އުޅުނު ހަތް ބިދޭސީއަކު މޯލްޑިވްސް އިމިގްރޭޝަނުން ހިފަހައްޓައިފިއެވެ.

Ads by Hajj Corporation

މިއަދު އިމިގްރޭޝަނުން ނެރުނު ބަޔާނެއްގަިއ ބުނެފައިވަނީ މި ބިދޭސީން ހިފަހައްޓައިފައިވަނީ މިމަހުގެ 9 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ. އެގޮތުން މި އޮޕަރޭޝަނަކީ ގަވައިދާ ހިލާފަށް އުޅޭ ބިދޭސިންގެ މައްސަލަ ހައްލު ކުރުމަށް ހޯމްލޭންޑް ސެކިޔުރިޓީ މިނިސްޓްރީން ގެންގުޅޭ ސިޔާސަތުތައް ތަންފީޒް ކުރަން ހިންގާ އޮޕަރޭޝަންތަކެއް ކަމަށް އެ ބަޔާނުގައިވެއެވެ.

އެ އޮޕަރޭޝަންފައު ހިފަހައްޓާފައިވަނީ މާފަންނު ކޮޅުގައި ހުންނަ ބީއެމްއެލްގެ ޑޮލަރު އޭޓީއެމް ކައިރީ މަސައްކަތް ކުރާ ބިދޭސީންތަކެވެ. އެމީހުންނަކީ ޑޮލަރުގެ ކަޅު ބޮޑު ބާޒާރެއް ހިންގަމުން އަންނަ ބައެއް ކަމަށް އިމިޤްރޭޝަނުން ބުނެއެވެ.

މި އޮޕަރޭޝަން ހިންގާފައިވަނީ އިމިގްރޭޝަންގެ ރިސްކު އިންޓެލިޖެންސް އެންޑް ލީގަލް އެފެއާޒް އާއި އެންފޯސްމަންޓް އެންޑް ކޮމްޕްލަޔަންސް ޑިވިޝަން ގުޅިގެންނެވެ. ހައްޔަރު ކުރި ބިދޭސީންގެ ތެރޭގައުި ވިސާ ނެތި މަސައްކަތް ކުރަމުން އައި ބިދޭސީންތަކަކާއި, ވިސާގެ ބޭރުން އިތުރު ވިޔަފާރި ކުރަމުން އައި ބިދޭސީންތަކެއް ހިމެނެއެވެ

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!