ޚަބަރު

އީސީގެ އައު ވެބްސައިޓު ލޯންޗުކޮށްފި

ރައުފާ ރަޝީދު ، ދެން އޮންލައިން

އިލެކްޝަންސް ކޮމިޝަން (އީސީ) ގެ އާ ވެބްސައިޓު ލޯންޗުކޮށްފިއެވެ.

Ads by STELCO

އީސީން ބުނީ އަލަށް ލޯންޗުކުރެވުނު އައު ވެބްސައިޓް ފަރުމާކޮށްފައިވަނީ ކޮމިޝަންގެ މަސައްކަތްތަކާގުޅޭ މައުލޫމާތު ރައްޔިތުންނަށް ފަސޭހައިން ލިބޭނެގޮތަށް ކަމަށެވެ.

އައު ވެބްސައިޓުން އީސީއާ ގުޅުންހުރި ހަބަރާއި މައުލޫމާތު ފަސޭހައިން އާންމުންނަށް ލިބޭ ގޮތަށް، އެންމެ ފަހުގެ މަސައްކަތްތައްވެސް އަޕްޑޭޓްވާނެއެވެ.

އިނގިރޭސި އަދި ދިވެހިން ވެސް މައުލޫމާތި ބަލާލެވޭ ގޮތަށް ފަރުމާކޮށްފައިވާ މި ވެބްސައިޓް މެދުވެރިކޮށް އިލެކްޝަންސް ކޮމިޝަނަށް ހިޔާލު ހުށަހެޅުއްވޭނެ ގޮތްވެސް ވަނީ ފަހިކޮށްދެއްވާފައެވެ.

މި ވެބްސައިޓުގައި އިލެކްޝަންސް ކޮމިޝަނާ ބެހޭ މުހިންމު މައުލޫމާތުތަކާއި، އިންތިހާބުތަކާއި ގުޅޭ މަޢުލޫމާތާއި އެކޮމިޝަނުން އާއްމުކުރާ ނޫސްބަޔާނާއި އިއުލާންތައް ފަސޭހަކަމާއެކު ބަލާލެވެން ހުރެއެވެ.

މި ވެބްސައިޓް ލޯންޗުު ކޮށްފައިވާއިރު އީސީން މިހާރު ދަނީ އަންނަމަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ މަސައްކަތް ކުރަމުންނެވެ. މި އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 21 ވަނަ ދުވަހުއެވެ. މަޖިލީސް އިންތިހާބުގައި 93 ދާއިރާއަކަށް މެމްބަރުން އިންތިހާބުކުރާނެއެވެ. ސިޔާސީ ޕާޓީތަކާއި ޕާޓީތަކަށް ނިސްބަތްނުވާ ބޭފުޅުން ހިމެނޭގޮތަށް ޖުމްލަ 371 ކެންޑިޑޭޓުން ވާދަކުރެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!