ޚަބަރު

ބާ ކައުންސިލުގެ ރައީސް ކަމަށް ސިރާޖު އިންތިހާބުކޮށްފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީގެ ހުސްވެފައިވާ ބާ ކައުންސިލުގެ ރައީސްކަމުގެ މަގާމަށް ހުސައިން ސިރާޖު އިންތިހާބުކޮށްފިއެވެ.

Ads by Sosun Fihaara

 ބާ ކައުންސިލުން މިއަދު ކުރިއަށް ގެންދިޔަ އިންތިހާބުގެ ރަސްމީ ނަތީޖާ ދައްކާގޮތުން ބާ ކައުންސިލުގެ ރައީސަަކަށް ސިރާޖު ހޮވިފައިވަނީ 224 މެންބަރުންގެ ވޯޓުންނެވެ.

ސިރާޖުއާ ވާދަކުރި މުހއްމަދު ފައިސަލްއަށް ލިބިފައިވަނީ 172 މެންބަރުންގެ ވޯޓެވެ.

ބާ ކައުންސިލުގެ އެގްޒެކްޓިވް ކޮމިޓީގެ މެންބަރު ކަމަށް އަހިުމަދު ޝީފާއު ހޮވިފައިވާއިރު އޭނާ އަށް ވޯޓު ދީފައިވަނީ 248 މެންބަރުންނެވެ.

ބާ ކައުންސިލް އެގްޒެކެޓިވް ކޮމެޓީގެ ދައުރަކީ ތިން އަހަރެވެ.

ބާ ކައުންސިލްގެ ރައީސް ކަމުގެ މަގާމު ހުސްވީ އެ ކައުންސިލްގެ ރައީސްގެ މަގާމުގައި ހުންނެވި ކުރީގެ އެސިސްޓެންޓް އެޓާނީ ޖެނެރަލް އިސްމާއީލް ވިޝާމް އަވަހާރަވުމާއި ގުޅިގެންނެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!