ޚަބަރު

ކާށިދޫގައި އެހެލާފައި އޮތް ދެ ދޯންޏެއްގައި ރޯވެ އަނދަނީ

ރައުފާ ރަޝީދު ، ދެން އޮންލައިން

ކ. ކާށިދޫގައި އެއްގަމަށް އެހެލާފައި އޮތް ދެ ދޯންޏެއްގައި ރޯވެ އަލިފާނުގެ ބޮޑު ހާދިސާއެއް ހިނގައިފިއެވެ.

Ads by MWSC

ކ. ކާށިދޫ ކައުންސިލް ރައީސް މުޙައްމަދު އާމިރު "ދެން"އަށް މަޢުލޫމާތު ދެމުން ވިދާޅުވީ އެ ދެ ދޯނީގައި ރޯވީ މިރޭ 12:30 ހާއިރު ކަމަށެވެ.

އާމިރު ވިދާޅުވީ އެ ސަރަހައްދުގައި މިހާރު ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށާއި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފާ ވެސް ހިއްސާކޮށްފައިވާ ކަމަށެވެ. އަލިފާން ނިއްވައިލުމުގެ މަސައްކަތް ވެސް ކުރަމުން އަންނަކަމަށް ވިދާޅުވިއެވެ.

”ފުލުހުން އެބަ ހަރަކާތްތެރިވޭ މި ސަރަހައްދުގަ. އެމްއެންޑީއެފަށް ވެސް ވާނީ އަންގާފަ. ނަމަވެސް އެމްއެންޑީއެފަށް މިހާހިސާބަށް އަންނަން ވަގުތު ނަގާނެ. އަދިވެސް ރޯވެ އަނދަމުން ދަނީ” އާމިރު ވިދާޅުވިއެވެ.

އާމިރު ވިދާޅުވީ މި ހާދިސާއާ ގުޅިގެން އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިވާކަމުގެ މައުލޫމާތު އަދި ލިބިފައިނުވާ ކަމަށެވެ.

މި ހާދިސާގެ މައުލޫމާތު ހިއްސާކުރައްވަމުން އެމްއެންޑީއެފުން “ދެން”އަށް ވިދާޅުވީ އަލިފާން ކޮންޓްރޯލް ކުރުމަށް އެމްއެންޑީއެފުން އެ ސަރަހައްދަށް މިހާރު ދަތުރުކުރަމުންދާ ކަމަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!