Wednesday, 28 October 2026
Advertisement
MWSC — SmartMeter (leaderboard)
ދުނިޔެ

ކޮވިޑް19: އެމެރިކާއިން ޓެސްޓް ނުކޮށްދިނުމުން ފަރުވާ ހޯދަން ޗައިނާއަށް

އެމެރިކާގެ ޑޮކްޓަރުން ވައިރަސް އަށް ޓެސްޓުކޮށްދޭން ތިން ފަހަރު ދެކޮޅު ހެދުމުން އެމެރިކާގައި އުޅޭ ޗައިނާގެ އަންހެނެއް ވައިރަހަށް ފަރުވާ ހޯދުމަށްޗައިނާއަށް ގޮސްފިއެވެ. ލީ އޭ ނަމަކަށް ކިޔުނު މި އަންހެން މީހާ ފްލައިޓަށް އެރީ ހުން މަޑުކުރާ ބައިވަރު ބޭސްތަކެއް ކައިގެންނެވެ. އަދި ފްލައިޓްގެ އެއްވެސް އެޓެންޑެންޓަކަށް ވެސް އޭނާގެ ހާލަތު ކިޔައިދީފައެއް ނުވެއެވެ.

ލީ އާއި ހަވާލާދީ ރިޕޯޓުތައް ބުނާ ގޮތުގައި އޭނާ ފުރަތަމަ އެމެރިކާގައި ޑޮކްޓަރަށް ދެއްކީ އޭނާގެ އޮފީހުގައި މަސައްކަތް ކުރާ މުވައްޒަފަކު ވައިރަސް އަށް ޕޮސިޓިވްވެ ލީގެ ގައިންވެސް ވައިރަސް ގެ އަލާމަތްތައް ފެނިގެންނެވެ. ނަމަވެސް ފުރަތަމަ ދެ ފަހަރު ވެސް ފުއްޕާމޭ ގެ އެކްސްރޭ ނެގުމަށް ފަހު މައްސަލައެއް ނެތް ކަމަށް ބުނެ ދޫކޮށްލީއެވެ. ނަމަވެސް ތިން ވަނަ ފަހަރު އެކްސްރޭ ބަލާފައި ޑޮކްޓަރުން ބުނެފައިވަނީ އޭނާއަށް ޖެހިފައިވަނީނިއުމޯނިއާ ކަމަށާއި ވައިރަހަށް ޓެސްޓުކުރުމަށް ޑޮކްޓަރުން ދެކޮޅުހަދާފައިވާ ކަމަށް ލީ ބުނެފައިވެއެވެ.

ނުރައްކާތެރި ބައްޔެއް ފަތުރަން އުޅުމުގެ ތުހުމަތުގައި ޗައިނާ ފުލުހުން މި މައްސަލަ ތަހުގީގު ކުރަމުން އަންނައިރު ލީ މިވަގުތު ހުރީ ކަރަންޓީން ކޮށްފައެވެ. ލީ ގެ ފިރިމީހާ އާއި ދަރިފުޅު ގެ އިތުރުން ލީ ދަތުރުކުރި އެއަރ ޗައިނާގެ ފްލައިޓް ސީއޭ988 އިން ދަތުރުކުރި 59 މީހެއް ތިބީ އެކަހެރިކޮށްފައެވެ.

Advertisement
Ooredoo — Truecaller (box)

މި މައްސަލަ ފެންމަތިވެފައި މިވަނީ ޗައިނާ އާއި އެމެރިކާ އިން ކޮރޯނާ ވައިރަސް އުފެއްދިކަމުގެ ތުހުމަތު އެއް ގައުމު އަަނެއް ގައުމުގެ ބޮލުގައި ތުހުމަތު އަޅުވަމުންދާ ދުވަސްވަރެއްގައެވެ. ޗައިނާގައި މިހާރު ވައިރަސް ކޮންޓްރޯލް ވެފައިވީނަމަވެސް ދުނިޔޭގެ އެހެން ގައުމުތަކުގައި ވައިރަސް އަންނަނީ ހަލުވިކަމާއެކު ފެތުރެމުންނެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް