ޚަބަރު

ޑޮލަރުގެ އަގު ދަނީ ދަށަށް، ފޮރުވާފަ ބަހައްޓައިގެން ފައިދާއެއް ނެތް

ފާރިހާ ޢަދުނާން ، ދެން އޮންލައިން
އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު/ ފޮޓޯ: ދެން

ރާއްޖޭގައި ޑޮލަރުގެ އަގު ހަމަޖެހި، އަގު ދަށަށް ދާން ފަށައިފިއެވެ.

Ads by Sosun Fihaara

އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު އިއްޔެ ވިދާޅުވީ، ފާއިތުވި ނޮވެންބަރު މަހުގައި ރާއްޖެއަށް ކުރިމަތިވެފައި އޮތް ދަތި ހާލަތުން މިހާރު މަޑުމަޑުން ރާއްޖެ އަރައިގަންނެ، ޑޮލަރުގެ އަގު ދަށްވަމުންދާ ކަމަށެވެ. އަދި ކުރިއަތްއޮތްތާ ޑޮލަރުގެ އަގު އިތުރަށް ދަށަށް ދާނެ ކަމަށް އެބޭފުޅާ ލަފާކޮށްފައިވެއެވެ.

މިނިސްޓަރ ސައީދު ވިދާޅުވީ، ޑޮލަރުގެ އަގު އެންމެ ފަހުން އުފުލިގެން ގޮސްފައި ވަނީ ރަމަޟާން މަހާއި ދިމާކޮށް މުދާ އިމްޕޯޓް ކުރާވަރު އިތުރުވުމާއި އުމްރާއަށް ފުރާ މީހުންގެ ގިނަ އަދަދެއްގެ ޑޮލަރު ބޭނުން ކުރުމުގެ ސަބަބުން ކަމަށެވެ.

ރަމަޟާން މަހާއި ދިމާކޮށް އުމްރާއަށްދާ ދިވެހިން ގިނަވުމަކީ ހަރަދު ބޮޑުވެ، އިގްތިސާދީ ހަރަކާތްތައް އިތުރުވާ ދުވަސްވަރެކެވެ. މިދުވަސްވަރު ޑޮލަރަށް އޮންނަ ބޮޑުވުމަކީ ގިނަ ފަހަރަށް އެކްސްޗޭންޖް ރޭޓަށް ޕްރެޝަރު ކުރާ ކަމެކެވެ. މީގެ އިތުރުން އިމްޕޯޓް މަތިވުމުން ބޭރު ފައިސާއަށް އޮންނަ ޑިމާންޑް އިތުރުވެގެން ފައިސާއަށް އިތުރަށް ދަތިތަކެއް ކުރިމަތިވެއެވެ.

ނަމަވެސް، ސަރުކާރުން ވަނީ މި ގޮންޖެހުންތަކަށް ހައްލެއް ހޯދުމުގެ ގޮތުން އެކްސްޗޭންޖް ރޭޓް ހަމައަކަށް އެޅުވުމާއި އިގްތިސާދު ވަރުގަދަ ކުރުމަށް އަމާޒުކޮށްގެން ޕްރޮއެކްޓިވް ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން ކަޅު ބާޒާރުގައި ޑޮލަރު ވިއްކަމުންދާ ފަރާތްތައް ދެނެގަނެ، އެ ފަރާތްތަކާއިމެދު ގާނޫނީ ފިޔަވަޅުއެޅުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

Ads by Allied Insurance
  1. ހަރުން

    އަދިވެސް އަގުހެޔޮ ވެގެން މިކަންވާނީ