ދުނިޔެ

އަފްޣާނިސްތާނުގެ ކަންދަހާރު ސިޓީގައި ދިން ބޮމުގެ ހަމަލާއެއްގައި ތިން މީހަކު މަރުވެއްޖެ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އަފްޣާނިސްތާނުގެ ކަންދަހާރު ސިޓީގެ ބޭންކެއްގެ ކުރިމަތީގައި ދިން ބޮމުގެ ހަމަލާއެއްގައި ތިން މީހަކު މަރުވެ 12 މީހުން ޒަޚަމްވެފައިވާ ކަމަށް އެގައުމުގެ ފުލުހުންނާއި އޮފިޝަލުން ބުނެފި އެވެ.

Ads by WAMCO

މިދިޔަ ބުރާސްފަތި ދުވަހު އެ ޖަމާއަތުގެ ޓެލެގްރާމް ޗެނަލަށް ދިން ހަމަލާގެ ޒިންމާ އައިއެސް ޖަމާއަތުން ވަނީ އުފުލާފަ އެވެ.

މިއަދު ހެނދުނު 8:00 އެހާކަންހާއިރު ބޮން ގޮއްވާލާފައިވަނީ ސެންޓްރަލް ކަންދަހާރު ސިޓީގައި ހުންނަ ނިއު ކާބުލް ބޭންކް ބްރާންޗްގެ ބޭރުގައި މަޑުކޮށްލައިގެން ތިބި ބަޔަކަށެވެ.

އެ ގައުމުގެ ފުލުހުންނާއި ތާލިބާނުންގެ އޮފިޝަލުން ބުނީ އެ ހާދިސާގައި ތިން މީހަކު މަރުވެ 12 މީހުން ޒަހަމްވެފައިވާ ކަމަށެވެ. ދެކުނުގެ ސިޓީއެއްގެ ބޮޑު ހޮސްޕިޓަލެއްގެ މަސްދަރަކުން ބުނީ މަރުވި މީހުންގެ އަދަދު މާ ބޮޑު ކަމަށެވެ.

"މިރްވައިސް ހޮސްޕިޓަލުގައި މިއަދު ހެނދުނުން ފެށިގެން 20 މީހުން މަރުވެފައި ވޭ،" މީޑިއާއާ ވާހަކަ ދެއްކުމުން ބަދަލު ހިފާނެ ކަމުގެ ބިރަށް ނަން ނުޖެހުމަށް ޝަރުތުކޮށް އޭއެފްޕީއަށް މައުލޫމާތު ދިން މީހާ ބުންޏެވެ.

ކަންދަހާރު ޕްރޮވިންސްގެ ޑިރެކްޓާ އޮފް އިންފޮމޭޝަން އެންޑް ކަލްޗާ އިނަމުالله ސަމަންގާނީ ވިދާޅުވީ ބޮން ގޮއްވާލި އިރު ބޭންކުން ތިބީ މުސާރަ ނެގުމުގެ މަސައްކަތުގައި ބިޒީކޮށް ކަމަށެވެ.

"އާންމުގޮތެއްގައި އަޅުގަނޑުމެންގެ އަވަށްޓެރިން އެތަނަށް އެއްވެ މުސާރަ ނަގަނީ،" "އަނިޔާ ލިބުނު މީހުންނަކީ އާންމުން" ކަމަށް އޭނާ ވިދާޅުވި އެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!