ދުނިޔެއިން ޕާކިސްތާން ނައްތާލާނެ: ތަހްރީކޭ ތާލިބާން ޕާކިސްތާނުގެ ވެރިޔާ
އަފްޣާނިސްތާނާއި ޕާކިސްތާނާ ދެމެދު ނުތަނަވަސްކަން އުފެދިފައިވާ މި ދަނޑިވަޅުގައި، ޕަންޖްޝީރަށް ނިސްބަތްވާ ތާލިބާނުންގެ ތަޖިކިސްތާނު ދަރިކޮޅުގެ ކޮމާންޑަރެއް ކަމަށްވާ އަބްދުލް ހާމިދު ޚުރާސާނީ ދާދި ފަހުން ޕާކިސްތާނުގެ އަސްކަރިއްޔާއަށް ދިން އިންޒާރާއެކު ތޫފާނެއް އުފެދިއްޖެ އެވެ.
ޕާކިސްތާނުގެ "އެސްޓަބްލިޝްމަންޓް" ވައްޓާލާނެ ކަމުގެ އިންޒާރު ޚުރާސާނީ ވަރަށް ހިތްވަރާއެކު ދެއްވައި، އެ ތަން ދުނިޔޭގެ މޫނުން ފޮހެލާނެ ކަމަށް ވައުދުވެވަޑައިގަންނަވަ އެވެ.
ޕާކިސްތާނުގެ އަސްކަރިއްޔާގެ ވެރިޔާ އާސިމް މުނީރުއާ މުހާތަބު ކުރައްވާ ޚުރާސާނީދެއްކެވި ވާހަކަފުޅުން ދޭހަވަނީ މި އަވަށްޓެރި ގައުމުތަކުން ހިއްސާކުރާ ބޯޑަރު ސަރަހައްދުގައި އުފެދިފައިވާ ހަމަނުޖެހުންތަކެވެ. "ޓީޓީޕީގެ މާތް ހަނގުރާމަވެރިން ވަރަށް އަވަހަށް ތިބާގެ ކާފިރު އަދި އަނިޔާވެރި ސަރުކާރު ވައްޓާލާނެ. މުއްލާ ހެބަތުاللهގެ އަމުރަށް ޕާކިސްތާނު ދުނިޔޭގެ މޫނުން ނައްތާލާނެ،" ވީޑިއޯގައި ޚުރާސާނީ ވިދާޅުވި އެވެ.
އެހެން ވީޑިއޯއެއްގައި ޚުރަސާނީ ވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް ތާލިބާނުންނަށް އިންޒާރު ދެއްވި ޕާކިސްތާނުގެ ބާރުގެ ދަށުގައި ވާ ބަލޫޗިސްތާނުގެ އިންފޮމޭޝަން އެންޑް ޕަބްލިކް ރިލޭޝަންސް މިނިސްޓަރު ޖަން އަޗަކްޒާއީއަށް އޭނާގެ މެސެޖު ޑައިރެކްޓް ކުރައްވައިފަ އެވެ.
"ޕާކިސްތާނުގައި އިތުރު ޓެރަރިސްޓް ހަމަލާއެއް ދީފިނަމަ ތާލިބާނުންނަށް މިހާރު ވެސް ވަނީ އިންޒާރު ދީފައި. އެނޫން ގޮތެއް ނޯންނާނެއެވެ. ޕާކިސްތާނުން ވަރަށް އަވަހަށް އަފްޣާނިސްތާނަށް ވަދެ، ވަޚާން ކޮރިޑޯ ހިފައިގެން ސީދާ މެދު އޭޝިއާއާ ގުޅާލާނެ،" އަޗަކްޒާއީ ގެ ޕޯސްޓުގައި ވެ އެވެ.