ޚަބަރު

ހުޅުމާލެ ފޭސް ތިނެއްގެ ބިނާވެށި ތަރައްގީކުރަން ސީއެމްއީސީއާ ހަވާލުކޮށްފި

ފާރިހާ ޢަދުނާން ، ދެން އޮންލައިން
އެޗްޑީސީއާ ސީއެމްސީއާ ދެމެދު ވެވުނު އެއްބަސްވުން ދައްކާލަނީ/ފޮޓޯ: އެޗްޑީސީ

ހުޅުމާލެ ފޭސް ތިނެއްގެ ބިނާވެށި ތަަރައްގީ ކުރުމަށް އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.

Ads by MWSC

އެ މަސައްކަތް ހަވާލުކޮށްފައިވަނީ ޗައިނާ މެޝިނަރީ އިންޖިނިއަރިން ކޯޕަރޭޝަން (ސީއެމްއީސީ) އާއެެވެ.

ހުޅުމާލެ ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނީ އެއްބަސްވުމުގެ ދަށުން ފޭސް ތިނެއްގެ ކަރަންޓު ނެޓްވޯކް މަސައްކަތް ފުރިހަމަ ވެގެންދާނެ ކަމަށެވެ.

އަދި ފޭސް ތިނެއްގައި ޖީޕޮން ނެެޓްވޯކްވެސް އެޅިގެންދާނެ ކަމަށެވެ.

އެޗްޑީސީން ބުނީ އެއްބަސްވުމާއެކު ފޭސް ތިނެއް މަގުތައް ތަރައްގީ ކުރެވިގެންދާނީ އަލިފާނުގެ ހާދިސާތަކުންނާއި، ފެނާއި ނަރުދަމާ ނިޒާމުވެސް އިތުރަށް ފުރިހަމަވާނެހެން ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!