ދުނިޔެ

ފިލިޕީންސްގެ ސިޔާދަތު ދެމެހެއްޓުމުގައި އިންޑިއާއިން ތާއީދުކުރޭ: ޖައިޝަންކަރު

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ދެކުނު ޗައިނާ ކަނޑުގެ މައްސަލާގައި މެނީލާއާއި ބެއިޖިންއާ ދެމެދު އުފެދިފައިވާ ހަމަނުޖެހުންތަކާ ގުޅިގެން އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު އެސް ޖައިޝަންކަރު ވިދާޅުވީ، ފިލިޕީންސްގެ ގައުމީ ސިޔާދަތު ދެމެހެއްޓުމުގައި އިންޑިއާއިން ވަރަށް ބޮޑަށް ތާއީދުކުރާ ކަމަށާއި، ދިފާއީ އަދި ސަލާމަތީ ދާއިރާއިން ވެސް ގުޅުން ބަދަހިކުރަން ބޭނުންވާ ކަމަށެވެ.

Ads by Sosun Fihaara

ފިލިޕީންސްގެ ފޮރިން ސެކްރެޓަރީ އެންރީކޭ މަނާލޯއާ އެކު ބޭއްވެވި މަޝްވަރާތަކަށް ފަހު މެނީލާގައި ބޭއްވި ޖޮއިންޓް ޕްރެސް ކޮންފަރެންސްގައި ޖައިޝަންކަރު ވިދާޅުވީ ފިލިޕީންސްގެ ގައުމީ ސިޔާދަތު ދެމެހެއްޓުމަށް އިންޑިއާއިން ފިލިޕީންސަށް ތާއީދުކުރާކަން މި ފުރުސަތުގައި ސާބިތުކަމާ އެކު ތަކުރާރުކުރާ ކަމަށެވެ. އަދި ދުނިޔެ ބަދަލުވަމުންދާއިރު، ކުރިއަރަމުން އަންނަ ތަރުތީބު ބައްޓަން ކުރުމަށް އިންޑިއާ އާއި ފިލިޕީންސް ފަދަ ގައުމުތަކުން މިހާރަށްވުރެ ގާތުން އެއްބާރުލުން ދިނުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ. ކޮންމެ ގައުމަކަށް ވެސް އެ ގައުމެއްގެ ގައުމީ ސިޔާދަތު ދަމަހައްޓައި ތަންފީޒު ކުރުމުގެ ހައްގު ލިބިގެންވާ ކަމަށް ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އޭނާ ވިދާޅުވި އެވެ. އަދި އެއީ އަޅުގަނޑުމެން ވެސް މަޝްވަރާކޮށްފައިވާ ކަމެއް،" އޭނާ ވިދާޅުވި އެވެ.

ފިލިޕީންސާއެކު ދިފާއީ ގުޅުން ފުޅާކުރުމަށް އިންޑިއާއިން ރާވާފައިވާ ކަންކަމާ ގުޅޭގޮތުން ޖައިޝަންކަރު ވިދާޅުވީ، އެ އެއްބާރުލުމާ މެދު އަމިއްލަ އަށް ވިސްނަން ޖެހޭ ކަމަށެވެ. އެއީ ކޮންމެހެން ވަކި ހާލަތަކާ ގުޅިފައިވާ ކަމެއް ނޫނެވެ. އެކަމަކު މިއަދު ގުދުރަތީ ގޮތުން ދެ ގައުމުގެ އިތުބާރާއި ހިތްހަމަޖެހުން މިހާ ހަލުވިކަމާއެކު ކުރިއަރަމުން އަންނައިރު، އެއްބާރުލުން ދިނުމުގެ ތަފާތު އާ ދާއިރާތަކަށް ބަލާނެ އެވެ. އަދި ހަމަކަށަވަރުން، ދިފާޢީ އަމާންކަމަކީ، އެއުރެންގެ ތެރެއިންވާ ކަމެއްކަން ކަށަވަރެވެ."

ޖައިޝަންކަރުގެ ވާހަކަތަކަށް އިޝާރާތްކުރައްވައި ބެއިޖިންގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޗައިނާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު ލިން ޖިއާން ވިދާޅުވީ މެރިޓައިމް ޑިސްޕިއުޓްތަކަކީ ކަމާ ގުޅުންހުރި ގައުމުތަކުގެ މެދުގައި އުފެދިފައިވާ މައްސަލަތަކެއް ކަމަށާއި ތިންވަނަ ފަރާތަކުން ނުފޫޒު ފޯރުވޭނެ ހާލަތެއް ނެތް ކަމަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!