ޚަބަރު

މަތިވެރިން ކޮވިޑް-19 އަށް ޝައްކުވި ދެ މީހުންނާއެކު އާއިލާ ވެސް ފަރުކޮޅުފުއްޓަށް

ދެން އެމްވީ ، ދެން އޮންލައިން

އއ. މައިތިވެރިން ކޮވިޑް-19 އަށް ޝައްކުވާ އަލާމާތްތައް ފެނުނު ބިދޭސީ ދެ ކުދިންނާއެކު އެކުދިންގެ އާއިލާ އެއްކޮށް ފަރުކޮޅުފުށީގައި އެކަހެރިކުރުމުގެ މަސައްކަތް ފަށައިފިއެވެ.

ކޮވިޑް-19އާ ގުޅޭ ސަރުކާރުގެ ތަރުޖަމާން މަބްރޫކު ޢަޒީޒު އިއްޔެ ވިދާޅުވެފައި ވަނީ މަތިވެރީގައި ތިބި ބިދޭސީ ދެ މީހެއްގެ ގައިން ކޮވިޑް-19 އަށް ޝައްކު ކުރެވޭ ފަދަ އަލާމާތްތަކެއް ފެނިފައިވާ ކަމަށާއި އެއާއެކު އެ ރަށް މޮނީޓަރިންގެ ހާލަތަކަށް ގެނެވިފައިވާ ކަމަށެވެ.

މަބުރޫކު މިއަދު ވިދާޅުވި ގޮތުގައި އެ އާއިލާގެ ހަ މެންބަރަކު ވެސް ފަރުކޮޅުފުއްޓަށް ގެންގޮސްފައިވާއިރު އެމީހުންނާ ކޮންޓެކްޓްވި މީހުން ހޯދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ރާއްޖެއިން މިހާތަނަށް 13 މީހަކު ފައްސި ވެފައިވާއިރު، ސަރުކާރުން މިހާރު ވަނީ ރާއްޖޭގައި 30 ދުވަހަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައެވެ. މި ބައްޔަށް މިހާތަނަށް ރާއްޖެއިން ޕޮޒިޓިވްވި އެންމެންނަކީ ވެސް ބިދޭސީންނެވެ.

ކޮވިޑް-19 އަށް ފައްސިވެފައި ވަނީ ކުރެއްދޫ ރިސޯޓުން ފަސް މީހަކާއި، "އައިލެންޑް ސަފާރީ1" ނަމަކަށް ކިޔާ ސަފާރީން ދެ މީހަކާއި، ސޭންޑީޒް ބަތަލާއިން ދެ މީހަކާއި، ކުރަމަތި ރިސޯޓުން ދެމީހަކާއި އަނަންތާރާ ދިގު ރިސޯޓުން ދެ މީހެކެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!