ކޮވިޑް-19: ވައިގެ މަގުން ލަންކާ އަށް މީހުން އެތެރެވުން މަނާކޮށްފި
މިއަދުން ފެށިގެން ވައިގެ މަގުން ސްރީލަންކާ އަށް މީހުން އެތެރެވުން އެގައުމުން ސަރުކާރުން މަނާކޮށްފިއެވެ.
ސްރީލަންކާގެ ސަރުކާރުން ބުނީ މިރޭ ދަންވަރުން ފެށިގެން ލަންކާ އަށް މީހުން އެތެރެވުން މަނާކޮށްފައިވަނީ ދެ ހަފްތާގެ މުއްދަތަކަށް ކަމަށެވެ.
ނަމަވެސް ލަންކާގައި ތިބި ފަރާތްތަކަށް އެހެން ގައުމުތަކަށް ދަތުރުކުރުމުގެ ފުރުސަތު އޮންނާނެ ކަމަށް ސަރުކާރުން ބުނެއެވެ. މިއީ ކޮވިޑް-19 ފެތުރުން ހުއްޓުވުމަށްޓަކާ ސަރުކާރުން އެޅި ފިޔަވަޅެއް ކަމަށް ބުނެފައިވެއެވެ.
ކޮވިޑް19 ލަންކާ އިން ފެނުމާއި ގުޅިގެން އެގައުމުން ވަނީ މިދިޔަ ހަފްތާގައި އޮންއެރައިވަލް ވިސާ ދިނުން ވެސް ހުއްޓާލަައިފަ އެވެ.
ލަންކާގައި މިހާތަނަށް ވަނީ 29 މީހަކު މި ބައްޔަށް ޕޮޒިޓިވް ވެފައެވެ.
ލަންކާ އިން މިފަދަ ފިޔަވަޅެއް އަޅާފައިވާއިރު، ލަންކާ އަކީ ގިނަ އަދަދެއްގެ ދިވެހިން ދަތުރުކުރާ ގައުމެކެވެ.