ޚަބަރު އިޖުތިމާޢީ

ސްމާޓު ޕާކިންް ޒޯނުން 41 ޖާގަ ދޫކުރަނީ

ފައިނާ ފާއިޒް ، ދެން އޮންލައިން
ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން - އެޗްޑީސީ

ހުޅުމާލޭގައި ދިއިއުޅޭ ފަރާތްތަކަށް ހާއްސަ ކޮށްގެން ވެހިކަލް ޕާކު ކުރަން ހަދާފައިވާ ފިތުރޯނު ސްމާޓު ޕާކިން ސިސްޓެމްއިން ބީލަމަށް ޕާކިން ސްޕޭސް ދޫކުރަން ހައުސިން ޑިވެލޮޕްމެންޓު ކޯޕަރޭޝަން (އެޗްޑީސީ)އިން ބުނެފިއެވެ.

Ads by STELCO

އެޗްޑީސީން ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ ފެރީ ޓާމިނަލް ޕާކު ކައިރީގައި ޕާކުކޮށްފައިވާ ފިތުރޯނު ޕާކިން ޒޯން އިން ތިން އަހަރުގެ މުއްދަތައް ޕާކިން ޖާގަ ކުއްޔަދިނުމަށް އެ ކުންފުނިން ވަނީ ނިންމާފައި ކަމަށެވެ.

މި ޕާކިން ސިސްޓެމްއިން ދޫކުރަން ނިންމާފައި ވަނީ 41 ޖާގައެވެ.

އެގޮތުން ޕާކިން ސިސްޓަމުން ޖާގަ ހޯދުމަށް ބީލަމަަށް ފޯމު ބަލައިގަންނަން ފެށުމަށް ކަނޑައެޅިފައިވާ މުއްދަތަކީ 24 އޭޕްރިލް ވާ ބުދަ ދުވަހުގެ 13:00 އާއި 14:00 ދެމެދު، އެޗްޑީސީގެ މައި ޮފީހުގެ އެގްޒިބިޝަން ސެންޓަރުގައިއެވެ.

އަދި ބީލަން ފޯމު ބަލައިގަތުމަށް ކަނޑައެޅިފައިވާ މުއްދަތަކީ 24 އޭޕްރިލް ވާ ބުދަ ދުވަހުގެ 14:30 އެވެ.

ބީލަން ފޯމާއި ގުޅޭ އިތުރު މައުލޫމާތު އެ ކުންފުނީގެ ވެބްސައިޓު މެދުވެރިކޮށް ލިބެން ހުންނާނެކަމަށްވެސް އެ އިއުލާންގައި ވަނީ ބުނެފައިއެވެ.

އަދި އިތުރު މައުލޫމާތު ސާފުކުރުމަށް އެ ކޯޕަރޭޝަންގެ ނަމްބަރު 1516 އަށް ގުޅުމުން މައުލޫމާތު ސާފުކުރެވިގެންދާނެ ކަމަށްވެސް އެ ކޯޕަރޭޝަނުން ބުންޏެވެ.

ޕާކިން މައްސަލަތައް ހައްލުކުރުމަށް އަދި ވެހިކަލްގެ ސަބަބުން ކުރިމަތިވާ ތޮއްޖެހުން ކުޑަކުރުމަށް އެޗްޑީސީއިން އަންނަނީ އެކި މަސައްކަތްތައް ކުރަމުންނެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!