ދިވެހިރާއްޖޭގެ ދެކުނު ކަނޑުގެ ގެއްލުނު ބައި ހޯދުމުގެ މަސައްކަތްކުރިއަށްދާ ކަމަށާއި، އެ މައްސަލަ އެންމެ ސީރިއަސް ހިސާބުން އިތުރަށް އެކަން ކުރިއަށް ގެންދިއުމަށް ނަގާ ވަގުތު ގިނައީ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.
ރާއްޖެ އާއި މޮރިޝަސްއާ ދެމެދު އޮންނަ ކަނޑުގެ ސަރަހައްދު ނުވަތަ އައްޑޫގެ ދެކުނުން އޮންނަ ފުށު އަރާ ކަނޑުގެ ސަރަހައްދުގެ އިން، އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އިން ވަކިކުރުމުން ރާއްޖެއަށް ގެއްލުނު ބައި ހޯދުމަކީ ރައީސް މުއިއްޒުގެ ހަފްތާ 14 ގެ ވައުދެކެވެ.
އެ މަސައްކަތް ކުރުމަށްޓަކައި ނިމިދިޔަ ސަރުކާރުގެ ފަރާތުން ދައުލަތުން ގެންގުޅެފައިވާ ގާނޫނީ ޕޮޒިޝަނާއި ޢަމަލުކުރައްވާފައިވާ ގޮތާ ގުޅޭގޮތުން ރާއްޖެ އާއި ބައިނަލްއަގްވާމީ އިސް މާހިރުންގެ ލަފާ ހޯދުމުގެ މަސައްކަތްތައް ވިލަރެސްކުރުމަށްޓަކައި ބަންޑާރަ ނާއިބު ވަނީ ހާއްސަ ކޮމިޓީއެއް އެކުލަވާލާވާފައެވެ.
މާފަންނު ހުޅަނގު ދާއިރާއަށް ޕީޕީއެމް/ޕީއެންސީގެ ޓިކެޓުގައި ވާދަކުރައްވާ މުހައްމަދު މުސްތަފާގެ ކެމްޕޭނު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ރާއްޖޭގެ ކަނޑުން ބައެއް ގެއްލުވާލުމަކީ ކެމްޕޭން ގާނޫނުތަކާއި، ގާނޫނުއަސާސީގެ ބާރު ކަޑުވާލާއި މިދިޔަ ސަރުކާރުން ހިންގި ޖަރިމާ އެއް ކަމަށެވެ. އެހެންވެ ކަނޑުގެ ބައި ހޯދުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.
މައްސަލަ ހައްލުކުރުމަށް ގިނަ ވަގުތު ނެގި ނަމަވެސް، އެކަން ކާމިޔާބު ކުރައްވާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.
އެ މަސައްކަތްވެސް ކާމިޔާބުކުރާނަން، ކަމުގެ މައްސަލަ އެންމެ ސީރިޔަސް ހިސާބުން އެކަމުގައި ނަގާ ވަގުތު ގިނައީ
ކަނޑުގެ މައްސަލަ ބަލާ ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ ކުރީގެ ބަންޑާރަ ނާއިބު މުހައްމަދު އަނިލް އާއި ޑިފެންސްގެ ފަރާތުން ކާނަލް އަހުމަދު މުޖުތަބާ އަދި ފޮރިން މިނިސްޓްރީގެ ސެކްރެޓާ މަލްޓިލެޓެރަލް އަޙްމަދު ޝިއާންއެވެ. އެ ކޮމިޓީގެ ޗެއާއަކީ އަނިލްއެވެ.