ޚަބަރު

ކޮވިޑް-19: އާވީ އިން ޓެސްޓުކުރި މީހާގެ ނަތީޖާ ނައްސިވެއްޖެ

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑަ-19 އަށް ޝައްކުކުރެވިގެން އާވީ ނޭޗާސް ޕެރަޑައިސް ރިސޯޓުން ޓެސްޓު ކުރި މީހާގެ ސާމްޕަލް ނައްސިވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ) އިން ބުނީ އާވީ ނޭޗާސް ޕެރަޑައިސް ރިސޯޓުން ނެގި ސާމްޕަލްގެ ނަތީޖާ ނައްސި ވެފައިވާތީ އެ ރިސޯޓުގެ ވަނީ މޮނިޓަރިންގްގެ ހާލަތުން ވަނީ ނެގިފައި ކަމަށެވެ.

މިހާތަނަށް ރާއްޖެއިން 13 މީހަކު ކޮރޯނާއަށް ވަނީ ޕޮޒިޓިވް ވެފައެވެ. އޭގެ ތެރޭގައި މުޅިންވެސް ހިމެނެނީ ބިދޭސީންނެވެ.

އެއީ ކުރެއްދޫ ރިސޯޓުން ޕޮޒިޓިވްވި ފަސް މީހަކާއި، "އައިލެންޑް ސަފާރީ 1" ނަމަކަށް ކިޔާ ސަފާރީން ޕޮޒިޓިވްވި ދެ މީހަކާއި، ސޭންޑީޒް ބަތަލާއިން ދެ މީހަކާއި، ކުރަމަތި ރިސޯޓުން ދެމީހަކާއި އަނަންތާރާ ދިގު ރިސޯޓުން ޕޮޒިޓިވްވި ދެ މީހެކެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!