ތަގުވާ މިސްކިތުގެ ހަތް ފަންކާ ވަގަށް ނަގައިފި

މާލޭ، ތަގުވާ މިސްކިތުގެ ހަތް ފަންކާއެއް ވަގަށް ނަގައިފިއެވެ.
މާލެ ސިޓީ ކައުންސިލުން ބުނީ އެ ފަންކާތައް ވަގަށް ގެންގޮސްފައިވަނީ ތިން ރޭ މަތިން ކަމަށެވެ.
އެ މިސްކިތުގައި ހުރި ސްޓޭންޑް ފަންކާތައް ނަގާ ވީޑިއޯ ފުޓޭޖް ކައުންސިލުން ވަނީ ހިއްސާކޮށްފައެވެ. އެ މައްސަލަ މިހާރު ވަނީ ފުލުހަށް ހުށަހަޅާފައެވެ.
މި ރޯދަ މަހު މިސްކިތްތަކުން ވައްކަން ކުރުން އިތުރުވެފައިވާއިރު، ދަރުމަވަންތަ މިސްކިތުގެ ދެ ފަންކާ އެއް ވަނީ ވަގަށް ނަގާފައެވެ. ރޭގެ ވަގުތެއްގައި އެ މިސްކިތުގެ ފެން މޯޓަރުވެސް ވަގުން ވަނީ ގެންގޮސްފައެވެ.
ފުލުހުން ބުނީ އެ މައްސަލައިގެ ތަހުގީގަށް ބޭނުންވާ މައުލޫމާތު އެއްކުރަމުންދާ ކަމަށެވެ.
ވަގުންނަށް ބޭނުން އިރަކު މިސްކިތައް ވަދެވޭ.
އަޅުކަންކުރަން ދާ މީހުންނަށް ޝަރުތުތައް އޮވޭ.
މީހަކު އިއުތިކާފައް އިދެލިޔަސް ކުށްވެރިވީ.
ދެން ވާނެގޮތް މިވަނީ