ޚަބަރު

ފުލުހެއްގެ ގައިގައި ޖެހުނު ޓެކްސީގެ ޑްރައިވަރު ހައްޔަރުކޮށްފި

އައިކާ ޔުނާން ، ދެން އޮންލައިން
މިއަދު ހިނގި އެކްސިޑެންޓުގެ ވީޑިއޯ ސޯޝަލް މީޑިއާގައި މިހާރު ވަނީ ލީކުވެފައި

މާލެ-އެއާޕޯޓު ހައިވޭ މަތިން ސިނަމާލެ ބްރިޖަށް އަރަން ދިޔަ ޓެކްސީއެއް ކޮންޓްރޯލް ނުވެ އެ ސަރަހައްދުގައި ހުރި ޓްރެފިކް ފުލުހެއްގެ ގައިގައި ޖެހުނު މައްސަލައިގައި ކާރު ދުއްވަން އިން މީހާ ހައްޔަރުކޮށްފިއެވެ.

Ads by MWSC

މިއަދު ހަވީރު ހިނގި މި އެކްސިޑެންޓުގައި ފުލުސް މީހާގެ ގައިގައި ޖެހިފައިވަނީ އެއާޕޯޓުން ބްރިޖަށް އަރަން ދިޔަ ޓެކްސީއަކުންނެވެ. މި އެކްސިޑެންޓުގެ ވީޑިއޯ އާންމުވެފައިވާއިރު, ވީޑިއޯއިން ފެންނަ ގޮތުގައި އެވަގުތު ފުލުސް މީހާގެ ގައިގައި ކާރު ޖެހި, އޭނާ ވެއްޓެއެވެ.

މި އެކްސިޑެންޓާ ގުޅިގެން ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން ވިދާޅުވީ, ޓެކްސީ ދުއްވަން އިން މީހާ ހައްޔަރުކޮށް މައްސަލައިގެ ތަހުގީގު މިހާރު ފަށާފައިވާ ކަމަށެވެ.

މި އެކްސިޑެންޓުގައި އަނިޔާވި ފުލުސް މީހާގެ ހާލު މިހާރު ރަނގަޅު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެނގިފައިވާ ގޮތުގައި އެކްސިޑެންޓުގައި ފުލުސް މީހާއަށް މާ ބޮޑު އަނިޔާއެއް ވެފައިނުވެއެވެ, ނަމަވެސް ތާރުގަނޑު މައްޗަށް ވެއްޓި އޭނާގެ އަތުގެ ބޮޑު ބަޔަކު ހަން މަށައިގެން ގޮސް, އެކި ވަރުގެ އަނިޔާވެފައިވެއެވެ.

Ads by Ooredoo
  1. ބައްސޭ

    ވޯޑިއޯއަށް ބަލާއިރު ހީވަނީ ގަސްތުގަ ޖެއްސިހެން. ކޮންޓްރޯލް ނުވެގެން ދިޔަނަމަ ޖެހުމާއެކު ވަގުތުން ބުރަކި ނުޖެއްސޭނެ

  2. ބަލާއެއް

    ބަލާއެއްނު އެރނޑި ހުރީ މަގު މެދުގަ އަނެއްކޮޅުން ލައިޓް ފަޅާފަ ސައިރިންގަ ކޮޕްކާރު އެއައީ އިރާފަ ޑުރައިވަރުގެ އެއްވެސް މައްސަލައެއް ނެތް
    ކުރިން ރޭ ބެޓުން ލެޑި ބަޅު ހައްޔަރު ކޮށްބަލަ

    • އިނބަ ހަކުރު ބޮއެގެން ހަމަޖެހިބަލަ

    • ޝަމްސީ

      ޑްރައިވަރުންގެ ތެރޭގައި ތިއްބަވާ ހިއްޕަވައިގެން ތިއްބަވާ ބޭފުޅުން. މިއީ އޭގެ ޅާއެއް.

    • ދެން ނޭފަތުން ދަމާލާ އޭރަށް ރަނގަޅަށް ހުންނާނީ