ޚަބަރު

މާލޭ މަގުމަތީގައި ގްރޫޕަކުން މާރާމާރީ ހިންގިި މައްސަލައެއް ބަލަނީ

ދެން އެމްވީ ، ދެން އޮންލައިން

ސައިކަލެއްގައި ދިޔަ މީހަކާ މެދު ގްރޫޕަކުން މާރާމާރީ ހިންގި މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.

Ads by MWSC

ފުލުހުން ބުނީ މަޖީދީމަގު ހީނާމާގެ ޕާކިން ޒޯން ކައިރިން މާރާމާރީ ހިންގާ ކަމުގެ މައުލޫމާތު ލިބުނީ ހެނދުނު 11:07 ހާއިރު ކަމަށެވެ. އެގޮތުން ހަތަރު މީހުންގެ ގްރޫޕަކުން ވަނީ ސައިކަލެއްގައި ދިޔަ މީހަކަށް ހަމަލާދީ، މާރާމާރީ ހިންގާފަ އެވެ.

ފުލުހުން ބުނީ އެ ސަރަހައްދަށް ދިޔައިރު، އެކަމުގައި ޝާމިލުވާ އެއްވެސް މީހަކު އެތަނުގައި ނެތް ކަމަށެވެ.

ނަމަވެސް މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!