ޚަބަރު ސިޔާސީ

ރައީސް މިރޭ ހިޔާ ސަރަހައްދަށް ވަޑައިގަންނަވަނީ

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
ޕީއެންސީގެ ރައީސް ޑރ. މުހައްމަދު މުއިއްޒު

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިރޭ ހިޔާ ފްލެޓުތައް ހުންނަ ސަރަހައްދަށް ވަޑައިގަންނަވަން ހަމަޖެހިއްޖެ އެވެ.

Ads by STELCO

ރައީސް ހިޔާ ސަރަހައްދަށް ވަޑައިގަންނަވަނީ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ "ދިވެހީންގެރާއްޖެ މަޖިލީހަށް" ކެމްޕެއިން ހަރަކާތެއްގަ އެވެ. އެގޮތުން މިރޭ 9:45 ގައި އެމަނިކުފާނު ވަޑައިގަންނަވާތީ ވީހާވެސް ގިނަ ބޭފުޅުން އެސަރަހައްދަށް ދިޔުމަށް ސަރުކާރު ކޯލިޝަނުން ވަނީ ދައުވަތު އަރުވައިފަ އެވެ.

މިމަހު 21 ވަނަ ދުވަހު ބޭއްވުމަށް ތައްޔާރުވަމުންދާ ރައޔްިތުންގެ މަޖިލީހުގެ ކެމްޕެއިންގައި މާލޭގެ އެކި ސަރަހައްދުތަކަށް ރައީސް މުއިއްޒު ގެންދަވަނީ ވަޑައިގަންނަވަމުންނެވެ. މީގެ އިތުރުން އަތޮޅު ތެރޭގެ ބައެއް ރަށްތަކަށްވެސް މީގެ ކުރިން މިކެމްޕެއިންގައި ރައީސް ވަޑައިގެންނެވި އެވެ.

ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ ފޯރި ގަދަވެފައިވާއިރު ކެމްޕެއިން އިތުރަށް ފޯރި ގަދަވާނެ ކަމަށް ބެލެވެނީ ރަމަޟާން މަސް ނިމުމުންނެވެ.

މިފަހަރުގެ އިންތިހާބުގައި ޕީއެންސީގެ ގިނަ މެމްބަރުންތަކެއް އިންތިހާބުވާނެކަމަށް އޮތީ ބެލެވިފަ އެވެ. ކޮންމެ މަޖިލިސް އިންތިހާބެއްގައިވެސް މެޖޯރިޓީ ލިބެނީ އެއިރެއްގައި އޮންނަ ސަރުކާރަކަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!