ޚަބަރު

އިންޑިއާއިން ފޯރުކޮށްދޭ ޒަރޫރީ ބައެއް ތަކެތީގެ ހުއްދަ އިތުރުކޮށްދީފި

އައިކާ ޔުނާން ، ދެން އޮންލައިން

ދިވެހި ސަރުކާރުގެ އެދުމުގެ މަތީން އިންޑިއާއިން ރާއްޖެއަށް ފޯރުކޮށްދޭ އަސާސީ މުދަލުގެ ހުއްދަ އިތުރުކޮށްދީފިއެވެ.

Ads by STELCO

އިންޑިއާއާއެކު އަސާސީ ބާވަތްތައް އެތެރެކުރުމަށް 2021 ވަނަ އަހަރު ހެދި އެއްބަސްވުމުގައި އޮތް ގޮތުން އެ ހުއްދަ މާޗު މަހު ހަމަވާނެ އެވެ. އެއީ ތިން އަހަރުގެ އެއްބަވުމެކެވެ. އެ އެއްބަސްވުން އިންޑިއާއިން މިފަހަރު އިތުރުކޮށްދީފައިވަނީ އެއް އަހަރުގެ މުއްދަތަށެވެ.

އިންޑިއަން ހައި ކޮމިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ ގައުމުން 2024 އަދި 2025 ވަނަ އަހަރަށް ކަނޑައަޅާފައިވާ ބާވަތްތައް ކަމަށްވާ ހަނޑު, ފިޔާ, ހަކުރު, ފުށް, އަލުވި, ބިސް, މުގު, ހިލައާއި ހިލަވެލި ހާއްސަ އަގުތަކެއްގައި ރާއްޖެއަށް ލިބޭނެ ކަމަށެވެ.

އެ ކޮމިޝަނުން ބުނީ މުއްދަތާއެކު މި ބާވަތްތައް ފޯރުކޮށްދޭ މިންވަރު ވެސް ސަރުކާރުން އެދުމުން ފަސް ޕަސެންޓު އިތުރުކޮށްދީފައިވާ ކަމަށާއި މިއީ 1981 ގައި މި އެއްބަސްވުން ހެދި ފަހުން ދޭ އެންމެ ބޮޑު އަދަދު ކަމަށެވެ.

މިއީ އިންޑިއާއިން ގެންގުޅޭ "ނެއިބަހޫޑް ފަސްޓް" ޕޮލިސީގެ ދަށުން ނިންމި ނިންމުމެއް ކަމަށް ވެސް އިންޑިއާ އިން ބުނެފައިވެއެވެ.

އިންޑިއާއިން މި އަހަރަށް ހުއްދަ އިތުރުުރުމާ ގުޅިގެން އެ އަދަދުތައް ވަނީ ކޮމިޝަނުން އާންމުކޮށްފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ:

  1. 428 މިލިއަން ބިސް
  2. 36 ހާސް ޓަނުގެ ފިޔާ
  3. 214 ހާސް ޓަނުގެ ހަނޑޫ
  4. 109 ހާސް ޓަނުގެ ފުށް
  5. 64 ހާސް ޓަނުގެ ހަކުރު
  6. 224 ޓަނުގެ މުގު
  7. އެއް މިލިއަން ޓަނުގެ ހިލަ އަދި ހިލަވެލި

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!