ޚަބަރު

ވައްކަން ކުރަން ފިހާރައިގެ ފުރާޅު މައްޗަށް އަރައި އޮތް ދެ މީހަކު ހައްޔަރުކޮށްފި

އައިކާ ޔުނާން ، ދެން އޮންލައިން
ފުލުހުންގެ މައި އިދާރާ/ ފޮޓޯ: ދެން

މާލޭ ފިހާރައަކުން ވައްކަން ކުރުމަށް, އެ ތަނުގެ ފުރާޅު މައްޗަށް އަރައި އުޅުނު ދެ މީހަކު ހައްޔަރުކޮށްފިއެވެ.

Ads by Hajj Corporation

ފުލުހުން ތަރުޖަމާނު އަހުމަދު ޝިފާނު ވިދާޅުވީ, ރޭގެ ވަގުތެއްގައި ހައްޔަރުކޮށްފައިވަނީ ދަނބުގޯޅީގައި ހުންނަ ހޯލްސޭލް ޕޮއިންޓް ނަމަކަށް ކިޔާ ފިހާރައިގެ ގުދަނުން ވައްކަން މަސައްކަތް ކުރަމުން ދަނިކޮށެވެ.

ގުދަނުގެ ފުރާޅުމަތިން ހައްޔަރުކޮށްފައިވަނީ 43 އަހަރުގެ ފިރިހެނަކާއި 38 އަހަރުގެ ފިރިހެނެކެވެ,

ޝިފާން ވިދާޅުވި ގޮތުގައި މި ދެ މީހުންނަކީ ވެސް ކުށުގެ ރެކޯޑު އޮންނަ ދެ މީހުންނެވެ.

މި ހިނގާ ރޯދަ މަހު ވައްކަމުގެ މައްސަލަތައް އެހެން އަހަރުތަކާ ބަލާއިރު ވަރަށް ގިނަ އެވެ, މި އަހަރުގެ ރޯދަ މަހުގެ ފުރަތަމަ ދެ ހަފްތާގައި އެކަނި ވެސް ވައްކަމުގެ 101 މައްސަލައެއް ވަނީ ފުލުހުންނަށް ރިޕޯޓުކޮށްފައެވެ.

ބައެއް މައްސަލަތަކުގައި ވަގަށް ނެގި ތަކެތި ހޯދައި, އެ މީހުން ވެސް ވަނީ ހައްޔަރުކޮށްފައެވެ.

Ads by Allied Insurance
  1. ގޮދާ ހަސަނު

    ވައްކަންކުރުން ގިނަވަނީ ރައްޔިތުންގެ ފަގީރުހާލު ބޮޑުވާތީ، ވައްކަންކުރުން ގިނަވަނީ އާންމު ރައްޔިތުމީހާގެ އަތްމަތި ތަނަވަސްކުރުވުމަށް ސަރުކާރުން އެކަށީގެންވާ މަސައްކަތް ނުކުރާތީ.