ދުނިޔެ

ކޮވިޑް19: ފްރާންސުން ކުއްޔާއި އަސާސީ ބޭނުންތަކުގެ ފީތައް ނެގުން ހުއްޓާލައި ހަރުދަނާ ފިޔަވަޅުތަކެއް

ދެން އެމްވީ ، ދެން އޮންލައިން

މުޅި ދުނިޔޭގައިވެސް ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާ ވަައިރަހުގެ ސަބަބުން ފުރާންސް ލޮކްޑައުންއަކަަށް ގޮސް އާންމުންނަށް ނިކަމެތިކަން ލިބެމުންދާތީ ގޭގެ ކުއްޔާއި ޓެކްސް އަދި އަސާސީ ބޭނުންތަކުގެ ފީ ނެގުން ހުއްޓާލުމުގެ އިތުރުން ރައްކާތެރިކަމުގެ ގިނަ ފިޔަވަޅުތަކެއް އަޅައިފިއެވެ.

Ads by WAMCO

ފްރާންސްގެ ލޮކްޑައުން އިއުލާން ކުރައްވަމުން ރައީސް އެމެނުއަލް މެކްރޮން ވަނީ އެގައުމުން އެޅި ފިޔަވަޅުތަކުގެ މައުލޫމާތު ރައްޔިތުންނާައި ހިއްސާކޮށްފައެވެ.އެގޮތުން ޕާކްފަދަ ތަންތަނަށް ދިޔުމާއި ބައްދަލުވުންތައް ބޭއްވުން ވަނީ މަނާކޮށްފައެވެ. ހަމައެހެންމެ އަސާސީ ބޭނުމެއްގައި ނޫނީ ގެއިން ބޭރަށް ނުދާން އަންގާފައިވާއިރު ގެއިންބޭރަށް ދެވޭނީ ވެސް އެކަމަަށް ކަނޑައަޅާފައިވާ ފޯމެއް އޮންލައިންކޮށް ފުރާ ، ހުށަހެޅުމުންނެވެ. އަދި މިގޮތަށް ޢަމަލުނުކުރާ ގެއިން ބޭރުން ފެނިއްޖެނަމަ 34 ޔޫރޯގެ ޖޫރިމަނާއެއް ދައްކަން ޖެހޭ ގޮތަށް ވަނީ ހަމަޖައްސާފައެވެ.

ރައީސް މެކްރޮން ވަނީ ވައިރަހާއި ގުޅިގެން ލިބެމުންދާ އިގްތިސާދީ ގެއްލުމާއި ގުޅޭ ގޮތުން ވެސް ވާހަކަ ދައްކާފައެވެ. އެގޮތުން މި ދަތި ދަނޑިވަޅުގައި އެގައުމުގެ އެއްވެސް ވިޔަފާރިއެއް އަޑިއަޅާލިޔަ ނުދޭނެ ކަމަށާއި އެފަދަ ވިޔަފާރިތަކަށް ލޯންގެ އެހީ ދޭނެ ބިލިޔަން ޑޮލަރުގެ ފަންޑެއް ހަމަޖައްސާފައިވާ ކަމަަށެވެ. އަދި ގެސްޓް ހައުސްތަކާއި އަމިއްލަ ވިޔަފާރިތައް ، ކޮވިޑް19ގެ ބަލި މީހުންނަށް ޚިދުމަތްކުރުމަށް ޚާއްޞަ ވެސް ރައީސް ވަނީ އެދިފައެވެ.

ފްރާންސްގެ މުޅި ބޯޑަރު ވެސް މިހާރު ވަނީ ބަންދުކޮށްފައެވެ. އެހެންނަމަވެސް އެގައުމުގެ ރައްޔިތުންނަށް ގައުމަށް އެތެެރެވެވޭނެ ގޮތަށް ވަނީ ހަމަޖައްސާފައެވެ. މިފަދަ ފިޔަވަޅުތަކެއް އެޅިއިރު އެގައުމުން މިހާތަނަށް 7730 މީހަކު ވައިރަހަށް ފައްސި ވެފައިވެއެވެ. އަދި މި ބަލީގައި މިހާތަނަށް 175 މީހަކު ދުނިޔެ ދޫކޮށްފައިވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!