ޑްރަގު ހުރި ލަގެޖެއް ނެރެން އުޅުނު އެއާޕޯޓު މުވައްޒަފުންތަކެއް ހައްޔަރަށް
ރާއްޖެ އައި ޕާކިސްތާނު ރައްޔިތެއްގެ ލަގެޖު އުސޫލުން ބޭރުން، އެއާޕޯޓުން ބޭރު ކުރަން އުޅުނު މައްސަލަ އެއް ފެންމަތިވެއްޖެއެވެ.
މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ މިދިޔަ މަހުގެ 15 ވަނަ ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އުސޫލުން ބޭރުން ބޭރު ކުރަން އުޅުނު ލަގަޖެއްގައި މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހިރޮއިން އަދި މެތު ހުރި ލަގަޖެއް އުސޫލުން ބޭރުން އެއާޕޯޓުގެ ދެ މުވައްޒަފަކު ބޭރު ކުރަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރު ކޮށްފައިވާ ކަމަށެވެ.
އެ މައްސަލައާ ގުޅިގެން ރާއްޖެ އައި ޕާކިސްތާނު މީހާ އާއި އެ ލަގެޖާ ހަވާލުވާން ދިޔަ މީހަކު ވެސް ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ މައްސަލާގައި ހައްޔަރު ކޮށްފައިވާ ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް ކޯޓަށް ހާޒިރު ކުރުމުން އެތަނުން އެއާޕޯޓުގެ އެއް މުވައްޒަފަކު ދޫކޮށްލައިފައިވާ ކަމަށެވެ. އޭނާ އަކީ އެ މައްސަލާގައި ޝާމިލުވާ އެންމެ އިސް ފަރާތެވެ.
ފުލުހުން ބުނީ އެމީހާ ދޫކޮށްލީ ކޯޓުން ޝަރުތުތަކެއް ކޮށްފައި ކަމަށާއި އެ މައްސަލަ އަކީ ޖިނާއީ ވަރަށް ބޮޑު މައްސަލައެއް ކަމަށެވެ. އެކަމުގައި އެއާޕޯޓުގެ ގިނަ މުވައްޒަފުންތަކެއްގެ ޝާމިލުވުން އޮތް ކަމަށް ބެލެވެއެވެ
އެހެންކަމުން އެ މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންދާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ގަދަ
ދޫނުކޮށް ކުރިއަށް ގެންދޭ
ތިޔަ ދޫކޮއްލި މީހަކީ ކުރިން ވެސް ރަލުގެ މައްސަލައި ގައި އަމިލަޔަތް އެއްބަސް ވެފަ ހުރި ގޮލަ އެތް އަނެއްކާ އެމްއޭސީއެލް ގެ ރޭމްޕް ގައި ސުޕަވައިޒަރެއް މިވަރު ވީމަ ވެސް ވަޒީފާ ގައި ތިބެވޭ ދެރަނިކަމެތި ކުއޖާ ކަޑާ ލަނީ
ކޯޓްވެސް ގަދަ. ދޫކޮށްލަނީ އެންމެ އިސް މީހާ.
އެންމެެ އިސްކޮށްއުޅުނުު މީހާާ ދޫކޮއްލީ
ފުލުހުން ތަޙްޤީޤްތައްކުރާނެ ކޮށްފައި ކޯޓާއި ހިސާބުން ފުލުުން ރޭދުވާ ޤުރުބާން ކޮށްގެން ކުރި ބުރަމަސައްކަތް ބޭކާރު އިސްލާމީ ޝަރީޢަތް އޭގެ އެންމެ ފުރިހަމަ ގޮތުގައި ހިންގުމަށް ގޮވާލަން.