Friday, 30 October 2026
Advertisement
Ooredoo — Airfibre (leaderboard)
ދުނިޔެ

ކޮވިޑް19: މަރުވާ މީހުންނާއި ބަދަލު ކޮށްލުމުގެ ފުރުސަތުވެސް އާއިލީ މެންބަރުންނަށް ނެތް

ކޮރޯނާ ވައިރަހުގެ ސަބަބުން މަރުވާ މީހުންނަށް އަލްވަދާއު ކިޔަން އެމީހުންގެ އާއިލާތަކަށް ފުރުސަތު ނުލިބޭކަމަށް ރިޕޯޓުތައް ބުނެފިއެވެ. ގިނަ ފަހަރަށް މިގޮތަށް ދިމާވަނީ މީހާ މަރުވާއިރު އާއިލީ މެމްބަރުން ކަރަންޓީނު ކޮށްފައި ތިބޭތީއެވެ. މިފަދަ ހާދިސާއެއްގައި މަރުވި މަންމައާއި ބައްދަލު ނުވި އިނގެރޭސި ވިލާތު މީހަކު އޭނާގެ ވާހަކަ މީޑިއާއާއި ވަނީ ހިއްސާކޮށްފައެވެ.

19 އަހަރުގެ ކެރޮލިން ހޮޕްޓޮން ކިޔައިދިން ގޮތުގައި އޭނާގެ މަންމަ މަރުވެގެން ދިޔައީ އޭނާ އެކަހެރިކޮށްފައި ހުއްޓައެެވެ. އަދި އެންމެ ފަހު ފަހަރަށް މަންމަ ގެ އަތުގައި ހިފާލަން ވެސް ނުލިބުނު ކަމަށް ކެރޮލިން ބުނެފައިވެއެވެ. ކެރޮލިން އިތުރަށް ބުނި ގޮތުގައި އޭނާ އެކަހެރި ކޮށްފައިހުރީ ވައިރަހުގެ އަލާމާތެއް ވެސް ފެނިގެނެއް ނޫންކަމަށާއި ވައިރަސް ހުރެދާނެކަމަށް ލަފާކޮށް ކަމަށެވެ.

އޭނާ ބުނީ މަންމަ އާއި ބައްޕަ ނުވަތަ އާއިލީ މެމްބަރުން މަރުވުމުން ބައްދަލުކޮށްލަން ފުރުސަތު ނުލިބޭ އިތުރު އެތައް ބައެއް ތިބޭނެ ކަމަށާއި އެއީ ހިތާމަވެރި ކަމެއް ކަމަަށެވެ.

Advertisement
Ooredoo — Truecaller (box)

ކޮރޯނާ ވައިރަހަކީ ބަލިމަޑުކަމެއްގެ ގޮތުގައި ދުނިޔޭގެ ސިއްހަތާއި ބެހޭ ޖަމިއްޔާއިން ކަނޑައަޅާފައިވާއިރު ވައިރަސް ޖެހުނު މީހުންގެ އަދަދު ދެލައްކައާއި ގާތް ކުރެއެވެ. އެންމެ ގަދައަށް ވައިރަސް ފެތުރުނު ޗައިނާގައި ބަލި ކޮންޓްރޯލް ކުރެވިފައިވާއިރު އެހެން ގައުމުތަކުގައި އަދިވެސް ހަލުވިކަމާއެކު ދަނީ ފެތުރެމުންނެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް