ދުނިޔެ

ކޮވިޑް19:ޓްރަމްޕް ބޭނުންވަނީ ކޮންމެ މީހަކަށް އެއްހާސް ޑޮލަރުދޭން

ދެން އެމްވީ ، ދެން އޮންލައިން

ނުރައްކާތެރި ކޮރޯނާ ވައިރަސް ފެތުރެމުންދާތީ ލިބޭ ގެއްލުންތަކުން އަރައިގަތުމަށް އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ބޭނުންވަނީ ކޮންމެ ރައްޔިތަކަށް 1000 ޑޮލަރު ދޭންކަމަށް އޭނާ ބުނެފިއެވެ.

Ads by Sosun Fihaara

ޓްރަމްޕްގެ ތަރުޖަމާނާއި ހަވާލާދީ ރިޕޯޓްތައް ބުނާ ގޮތުގައި ރައްޔިތުންނަށް އެހީގެ ގޮތުގައި ދިނުމަށް ހަމަޖެހިފައިވާ މިފައިސާ ކުރިއަށް އޮތް ދެ ހަފްތާ ތެރޭގައި ހަމަޖެހި ވީހާ ވެސް އަވަހަށް ރައްޔިތުންނަށް ފައިސާގެ އެހީ ހަވާލުކުރެވިގެން ދާނެއެވެ. ބައެއް ރިޕޯޓުތައް ބުނާ ގޮތުގައި ރައްޔިތުންނަށް ދޭ ފައިސާގެ އެހީ އަދަދު 1000 ވުރެ އިތުރުވުމަކީ ވެސް އެކަށީގެންވާ ކަމެެކެވެ.

ކޮރޯނާ ވައިރަހާއެކު އެމެރިކާ ގެ އިގްތިސޯދަށް ވެސް ވަނީ ބޮޑެތި އަސަރުތަކެއް ކޮށްފައެވެ. އެގޮތުން އެންމެ ހަފްތާއެއްގެ ތެރޭގައި އެމެރިކާގައި ވަޒީފާ ނެތް މީހުންގެ އަދަދުވަނީ 6500 އިން 45000 އަށް އަރާފައެވެ. އެމެރިކާއިން ގެންދަނީ ކުދި އަދި މެދު ފަންތިގެ ވިޔަފާރިތަކަށް އެހީވާނެ ގޮތުގެ ޕްލޭނެއް ވެސް އެކުލަވާލުމުގެ މަސަައްކަތް ކުރަމުންނެވެ.

އެމެރިކާގައި މިހާތަނަށް ޖުމްލަ 6056 މީހުނަށް ވައިރަސް ޖެހިފައިވާއިރު އަންގާރަ ދުވަހު އެކަނިވެސް ވައިރަސް ގެ ސަބަބުން 15 މީހަކުވަނީ މަރުވެފައެވެ. އަދި މަރުވި މީހުންގެ ޖުމްލަ އަދަދުވަނީ 101 އަށް އަރާފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!