ދުނިޔެ

ސިއްހީ މާހިރުންގެ އާދޭސް: ހެޔޮނުވާނެ!ސެނިޓައިޒާ ވަގަށް ނެގުން ހުއްޓާލާ

ދެން އެމްވީ ، ދެން އޮންލައިން

ކޮރޯނާ ވައިރަހުގެ ބިރު ބޮޑުވެ ގިނަ ފިހާރަތަކުން ސެނިޓައިޒާ ހުސްވުމުން ލަންޑަންގެ ހޮސްޕިޓަލުތަކުގައި ބަހައްޓާފައިހުރި ސެނިޓާއިޒާ ފުޅިތައް ވަގަށް ނެގުން އާންމު ވެއްޖެއެވެ.

Ads by Sosun Fihaara

ރިޕޯޓްތައް ބުނާ ގޮތުގައި ލަންޑަންގެ ހޮސްޕިޓަލްތަކުގައި މި މައްސަލަ ބޮޑުވެ ، ކުރިން ކޮންމެ އެނދެއް ގެ ކައިރީގައި ބަހައްޓާފައި ހުންނަ ފުޅި މިހާރު ބަހައްޓަނީ ވެސް ކަބަޑް ތެރޭގައެވެ. މި މައްސަލަ ކަންބޮޑުވާ މިންވަރަށް ބޮޑުވެފައިވާތީ ގިނަ ޑޮކްޓަރުންނާއި ސިއްހީ ހިދުމަތްތެރިން ވެސް ދަނީ ސެނިޓައިޒާ ފުޅިތައް ވަގަށް ނެގުން ހުއްޓާލުމަށް އާދޭސް ކުރަމުންނެވެ. އަދި އާންމުންނަށް ވުރެ ބޮޑަށް އޭގެ ބޭނުން ޖެހެނީ ހޮސްޕިޓަލުތަކުގައި ހަރަކާތްތެރިވާ މީހުނަށް ކަން ވެސް ޑޮކްޓަރުން ފާހަގަކޮށްފައިވެއެެވެ.

ކޮރޯނާ ވައިރަހުގެ ނުރައްކާތެރިކަން އިންތިހާއަށް ބޮޑުވެފައިވާއިރު ވައިރަހުން ރައްކާތެރި ވުމަށް ބޭނުންވާ މާސްކާއި ސެނިޓައިޒާ ފަދަ ތަކެތި ހުސްވެދާނެ ކަމަުގެ ބިރު އޮތީ ގިނަ ގައުމުތަކަަކަށް ހީވެފައެވެ.

ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާގެ ވެރިޔާ ޑރ.ޓެޑްރޯސް ގެބްރޭސަސް ވިދާޅުވެފައިވާ ގޮތުގައި ދުނިޔެއަށް ދިމާވެފައިވާ ކޮރޯނާ ވައިރަސްގެ ބަލިމަޑުކަމަކީ އިންސާނިއްޔަތު މިހާތަނަށް ތަޖުރިބާކޮށްފައި ނުވާ ވަރުގެ ތަފާތު ބަލިމަޑުކަމެކެވެ. ނޭވާލާ ނިޒާމަށް ޖެހޭ ވައިރަސްއެއް މުޅި މުޖުތަމައުއަށް އެއްފަހަރާ ފެތުރޭގޮތަށް މީގެކުރިން ދުނިޔެ ތަޖުރިބާކޮށްފައި ނުވާކަމަށް ޑރ.ޓެޑްރޯސް މާރޗް 2 ވަނަ ދުވަހު ޓްވީޓް ކުރައްވާފައި ވެއެވެ. މިއީ އާދައިގެ ބައްޔެއް ނޫނެވެ. މިއީ ފެތުރޭ ބާރުމިނަށް ބަލާއިރު ސާސް ވައިރަސްއަށް ވުރެވެސް ނުރައްކާތެރި ވައިރަސް އެކެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!