ޚަބަރު

ހުއްދަ ނުނަގާ ޕީއެންއެފް އުފައްދާ ޖަލްސާ ބާއްވަން އުޅުމުން ފުލުހުން ހުރަސްއަޅައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެހުންނަވާ އުފައްދަވާ ޕީޕަލް ނޭޝަނަލް ފްރޮންޓް، އުފެއްދުމުގެ ޖަލްސާ އަށް ފުލުހުން ހުރަސް އަޅައިފިއެވެ.

Ads by MWSC

މިރޭ ނުވައެއް ޖަހާއިރު ގިޔާސުއްދީން ސްކޫލުގައި ބާއްވަން އޮތް ޖަލްސާގެ ވަގުތު ކުޑަތަންވެފައި އޮއްވައި ފުލުހުން ވަނީ ސްކޫލު ގޭޓު ބަންދުކޮށް ޖަލްސާ ބާއްވަން ހުރަސް އަޅާފައެވެ.

މި ވަގުތު ގިނަ އަދަދެއްގެ އެސްއޯ ފުލުހުންވެސް އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނައިރު ޕާޓީ އުފެއްދުމުގައި އިސްކޮށް އުޅުއްވާ ބައެއް ފަރާތްތަކުން ވަނީ ޖަލްސާކުރާ ހޯލަށް ވަދެފައެވެ. އެކަމަކު އަނެއް ބަޔަކު ތިބީ ގޭޓު ބަންދުކޮށްފައި ހުރުމުން އެތެރެއަށް ނުވަދެވިއެވެ. އޭގެ ތެރޭގައި އެ ޕާޓީގެ މުއައްސިސް ޒޭން ޔާމީންވެސް ހިމެނިވަޑައިގަންނަވައެވެ.

ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން ވިދާޅުވީ، ގިޔާސުއްދީން ސްކޫލުގެ ފަރާތުން އެ ސްކޫލުގައި ބޭއްވުމަށް މަސައްކަތް ކުރަމުންދާ ހުއްދަދެވިފައިނުވާ އެއްވުމެއް ހުއްޓުވައި ސްކޫލު ރައްކާތެރިކުރުމަށް، މިނިސްޓްރީ އޮފް އެޑިއުކޭޝަންގައި އެދިފައިވާތީ، އެކަން ތަންފީޒުކުރުމުންދާ ކަމަށެވެ.

''މިނިސްޓްރީގެ ފަރާތުން ފުލުހުންގެ އެހީތެރިކަމަށް އެދިފައިވާތީ، އެސްކޫލުގައި މިވަގުތު ކުރިއަށްދާ އެއްވުމަށް ފުލުހުންދަނީ އެޓެންޑް ކުރަމުން'' ޝިފާން ވިދާޅުވިއެވެ.

އެތަނަށް އެއްވި މީހުން ތުހުމަތުކުރާ ގޮތުގައި ޖަލްސާ އަށް ހުރަސްއެޅީ ސީދާ ރައީސް ޑރ މުހައްމަދު މުއިއްޒު އަންގަވައިގެންނެވެ.

  1. ޓިނު އެން ހޮޅި

    މީހުން ގިނަވީމަ ބިރުގަތީ؟