ޚަބަރު

ސްކޫލު ސަރަހައްދުގައި އެސްއޯ ފުލުހުން ބޭނުންކުރި ސަބަބު ބަލަން އަންގައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
ހޯމް މިނިސްޓަރު އަލީ އިހުސާން

ޕީޕަލް ނެޝަންލް ފްރޮންޓް (ޕީއެންއެފް) އުފައްދާ ޖަލްސާ ބޭއްވުމަށް ގިޔާސުއްދީން ސްކޫލުގައި ބާއްވަން އުޅުނު އިވެންޓަށް ފުލުހުން ހުރަސް އަޅައި، ހިނގައިދިޔަ ހަމަނުޖެހުންތަކުގައި ފުލުހުން ހަރަކާތްތެރިވި ގޮތް ބަލަން ހޯމް މިނިސްޓަރު އަލީ އިހުސާން ފޮލިސް ކޮމިޝަނަރަށް އަލީ ޝުޖާއު އަށް އަންގަވައިފިއެވެ.

Ads by STELCO

މިރޭ ނުވައެއް ޖަހާއިރު ގިޔާސުއްދީން ސްކޫލުގައި ބާއްވަން އޮތް ޖަލްސާގެ ވަގުތު ކުޑަތަންވެފައި އޮއްވައި ފުލުހުން ވަނީ ސްކޫލު ގޭޓު ބަންދުކޮށް ޖަލްސާ ބާއްވަން ހުރަސް އަޅާފައެވެ. ފުލުހުން ޖަލްސާއަށް ހުރަސްއެޅީ ހުއްދަ ނުނަގާ ކުރިއަށްގެންދާތީވެއެވެ.

ފުލުހުން ބުނީ އެ ސްކޫލުގައި ޖަލްސާ ބާއްވަން ޕީއެންއެފަށް ދިން ހުއްދަ ބާތިލުކޮށްފައިވާ ކަމަށެވެ. އަދި އެކަން ޕީއެންއެފްއަށް އޮތީ އަންގާފައި ކަމަށެވެ. އެތަނަށް އެއްވެފައި ތިބި މީހުން ކޮންޓްރޯލްކުރަން ފުލުހުން ވަނީ ޕެޕަސްޕްރޭވެސް ބޭނުންކޮށްފައެވެ.

މިރޭ ހޯމް މިނިސްޓަރު އިހުސާން ރަސްމީ 'އެކްސް' އެކައުންޓުން ކުރި ޓްވީޓެއްގައި ވިދާޅުވީ ސުލްހަވެރި އެއްވުންތަކާއި އަދި ރައްޔިތުން ކުރައްވާ އިހްތިޖާޖުތަކުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި އަދި އާއްމުކޮށް ރައްޔިތުންނާއި ގުޅޭކަންކަން ހައްލުކުރުމަށް ފުލުހުން ހަރަކާތްތެރިވާއިރު ހާލަތާއި ނުބައްދަލު ބާރު ބޭނުންނުކުރެއްވުމަށް ރައީސް ޑރ މުހައްމަދު މުއިއްޒު އަންގާފައިވާ ކަމަށެވެ. 

އަދި ވަކިން ހާއްސަކޮށް ''އެސްއޯ'' ފުލުހުން ހާއްސަ ހާލަތްތަކުގައި ނޫނީ ބޭނުން ނުކުރެއްވުމަށްވެސް ރައީސް އަންގަވާފައިވާ ކަމަށެވެ. އެހެންވެ މިރޭ ސްކޫލު ދޮށުގައި ހިނގާދިޔަ ކަންތައްތައް ރިވިއުކުރުމަށް އަންގާފައިވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

 ރޭ ޣިޔާސުއްދީން ސްކޫލު ކައިރީގައި ފުލުހުން މަސައްކަތް ކުރެއްވި ގޮތް އަދި ބާރުގެ ބޭނުން ކުރުމާއި “އެސް އޯ“ ފުލުހުން ބޭނުން ކުރަން ޖެހުނު ސަބަބު ރިވިއުކޮށް ބަލަން އަޅުގަނޑުވާނީ ފުލުހުންގެ ކަމިޝަނަރަށް ދަންނަވާފައި

ގިޔާސުއްދީން ސްކޫލުގައި ޖަލްސާ ނުބޭއްވުމުން ޕީއެންސް އުފައްދާ ޖަލްސާ ކުރިއަށް ގެންދިޔައީ ރާޅުގަނޑު ސަރަހައްދުގައެވެ. ޕީއެންއެފް ބޭނުންވެއްޖެނަމަ ސޯޝަލް ސެންޓަރުވެސް ދޫކުރާނެ ކަމަށް ސަރުކާރުން އޮތީ ބުނެފައެވެ.

ޕީއެންއެފް އިން ތުހުމަތުކުރާ ގޮތުގައި ޖަލްސާ ކުރިއަށް ނުގެންދިޔުމަށް ހުރަސް އެޅީ ސީދާ ރައީސް މުއިއްޒު އަންގަވައިގެންނެވެ.

  1. އަދުލު އިންސާފު

    ދެފަރާތުގެ ދެމެދުގައި ލިޔެކިއުމުންވެވޭ އެއްބަސްވުމެއް، ވަކިފަރާތަކުން ބޭނުންވީމާ އެއްބަސްވުން އޮވާލެވޭތޯ؟ ތިރީ ކުޑަބޮލުން ވިސްނާފަ ބާރުގެ ބޭނުން ނަހަމަގޮތިގައި ހިފާފައި ތިޔައޮތީ! ބޮޑުތަނުން ފެއިލް!