ޚަބަރު

ދަތުރު ގޮސް އުޅުނު ކުއްޖަކު ގެނބިގެން މަރުވެއްޖެ

އައިކާ ޔުނާން ، ދެން އޮންލައިން

ދަތުރުގޮސް އުޅުނު ކުއްޖަކު ގެނބިގެން މަރުވެއްޖެއެވެ.

Ads by Sosun Fihaara

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ތ. ވިލިފުށީ ކައިރި ފަޅުރަށަކަށް ގޮސް އުޅުނު ކުއްޖަކު ގެނބިގެން ވިލިފުށި ހޮސްޕިޓަލަށް ގެންގޮސްފައިވަނީ މެންދުރު 12:45 ހާއިރު ކަމަށެވެ.

ފުލުުހުން ވަކި ރަށެއް ހާމައެއް ނުކުރެއެވެ. އެނގިފައިވާ ގޮތުން އެ ކުއްޖާ މަރުވީ ވިލުފުއްޓާ އެއް ފަޅެއްގައި އޮންނަ ފަހަލަ ނަމަކަށް ކިޔާ ފަޅުރަށެއްގައެވެ.

ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުނީ އެ ކުއްޖާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށެވެ.

މި ހާދިސާގައި މަރުވެފައިވަނީ އުމުރުން 17 އަހަރުގެ ދިވެހި އަންހެން ކުއްޖެކެވެ. މައުލޫމާތު ލިބިފައިވާ ގޮތުން މަރުވި ކުއްޖަކީ ޖެންޑާ މިނިސްޓްރީން މޮނިޓާކުރަމުންދާ އައިޝަތު ޝައިމާ ކިޔާ ކުއްޖެކެވެ.

ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.

  1. މީހެއް

    ނައިމާ އެއް ނޫން ޝައިމާ، 17 އަހަރެއް ނޫން 16 އަހަރު